ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށް އައިޖީއެމްއެޗްއިން ބުނެފިއެވެ. 

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އަންހެން މީހާގެ ހާލު ހުރި ގޮތުން ފަރުވާދެމުން ދަނީ އޮކްސިޖަން ގުޅައިގެން އައިސީޔޫގައެވެ. އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން އައި ވޭނެއް ސައިކަލްގައި ޖެހުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސައިކަލްގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ހާލު ސީރިއަސްވެފައިވަނީ ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާގެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.