އަރާ ފޭބުމުގެ ދަތިކަން ދިމާވެފައިވާ ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ. މިކަން ހާމަކުރީ މި މަސައްކަތްކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއިންނެވެ. 

މި މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތުގެ 31 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ. 

ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރައިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން 130 މީޓަރުގެ ބޭރު ތޮށިލުމާއި، 282 މީޓަރު ރިވެޓްމެންޓް ޖެހުމާރި، 214 މީޓަރު އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، އެއްގަމު ތޮށި ވަށައިގެން ޕޭވްމެންޓެއް ހެދުމާއި، ބަނދަރު ފުންކުރުމާއި ބަނދަރު ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. މީގެއިތުރުންވެސް، 4 ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދުގައި 10 ލައިޓް ޖެހުމުގެ އިތުރުން 6 މޫރިން ބްލޮކް ހަރުކުރުމަށް ވަނީ ނިންމާފައެވެ.

މި މަސައްކަތަކީ 28،247،365.48 ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 10 ނޮވެމްބަރު 2019ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *