މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނެއްގެ ހާލު ސީރިއަސްވެއްޖެއެވެ. 

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގު އާޓިފިޝަލް ބީޗް ސަރަހައްދުގައެވެ. ފުލުހުންނަށް މި އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވަނީ 18:08 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުން އައި ވޭނެއް ސައިކަލްގައި ޖެހުމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

ސައިކަލްގައި ތިބި ދެ މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު ސައިކަލްގެ ފަހަތުގައި އިން އަންހެން މީހާގެ ހާލު ސީރިއަސްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ދެ މީހުންނަށް ވެސް ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ. 

މި މައްސަަލަ މިހާރު ފުލުހުން ތަހުގީގުކުރަމުންދާއިރު އެކްސިޑެންޓްވި ދެ އުޅަނދު ވެސް ދުއްވަން ތިބީ "އީ" ކެޓަގަރީގެ ލައިސެންސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.