ޖިންސީ ގޯނާގެ މައްސަލާގައި ހައްޔަރުކުރި ފިލްމީ ތަރި ޔުނާން އަދި އޭނާގެ އަންހެނުން ރިހުލާ، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އެމީހުން މީގެކުރިން ބަންދުކުރީ ހަތް ދުވަހަށެވެ. 

މި ދެމީހުންނާ ގުޅޭ ގޮތުން ފުލުހަށް މައްސަލަ ހުށަހަޅާފައިވަނީ ޔުނާންގެ އާއިލާގެ ބައެކެވެ. އެމީހުން ތުހުމަތުކޮށްފައިވަނީ ޔުނާން އާއި ރިހުލާ، އެ އާއިލާގެ ފިރިހެން ދެ ކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތެވެ.

އެ ތުހުމަތު އެމީހުންނަށް އަމާޒުވީ އެ ވާހަކަތައް އާއިލާއަށް އެ ދެ ކުދިން ކިޔައިދިނުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ޔުނާން އާއި ރިހުލާއަށް ތުހުމަތުތައް އަމާޒުވާއިރު ވެސް އެމީހުން ހައްޔަރު ނުކުރާތީ، އެމީހުން ދިރިއުޅޭ ގެ ސަރަހައްދުގައި ބަޔަކު އަޑު އުފުލާފައިވެއެވެ.

އެހެންވެ ޔުނާން އާއި ރިހުލާ، ފުލުހުންގެ ރައްކާތެރިކަމަށް އެދުމުން ފުލުހުން ހިމާޔަތް ދިނެވެ. ނަމަވެސް ފަހުން ކުށުގެ ތުހުމަތަށް އެ ދެ މީހުން އޭގެފަހުން ހައްޔަރުކުރިއެވެ.

މިދެމަފިރިންގެ އަންހެން ދަރިފުޅު ބަލިވެގެން ގިނަ ބަޔަކު ފޯރުކޮށްދިން އެހީ ވެސް ނާޖައިޒު ގޮތުގައި ބޭނުން ކޮށްފައިވާ ތުހުމަތުތައް އެމީހުންނަށް ވަނީ އަމާޒުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.