ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ބުރުގައި ކުޅުނު މެޗުތައް ދުނިޔޭގެ ފުޓްބޯޅައިގެ ގަދަ ބާރުތައް ކަމަށްވާ އާޖެންޓީނާ އަދި ބްރެޒިލްއިން ކާމިޔާބުކޮށްފިއެވެ.

ރަށުން ބޭރުގައި ބްރެޒިލްއިން ވަނީ 4-2 ގެ ނަތީޖާއަކުން ޕެރޫ ބަލިކޮށްފައެވެ. މި މެޗުގައި ބްރެޒިލްގެ ނޭމާ ތިން ލަނޑު ޖެހިއިރު އެޓީމަށް ދެން ލަނޑު ޖަހައިދިނީ އެވަޓަންގެ ފޯވާޑް ރިޗާލިސަންއެވެ. ޕެރޫގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ އަންދްރެއަ ކަރީޔޯ އަދި ރެނާޓޯ ޓާޕިއާއެވެ. ކޮލިފައިންގައި ކުޅުނު ދެ މެޗު ވެސް ބްރެޒިލްއިން ވަނީ ކާމިޔާބުކޮށްފައެވެ. 

މި މެޗުގައި ޖެހި ތިން ލަނޑާއެކު ނޭމާ ވަނީ ބްރެޒިލްއަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް އަރާފައެވެ. ނޭމާއަށް މި ލިސްޓުން ދެވަނަ ލިބެނީ 64 ލަނޑާއެކުއެވެ. މި ލިސްޓުގެ އެއްވަނައިގައި އޮތީ 77 ލަނޑާއެކު ޕެލޭއެވެ. 

އާޖެންޓީނާއިން ވަނީ ރަށުން ބޭރުގައި 2-1 އިން ބޮލީވިއާ ބަލިކޮށްފައެވެ. ކަނޑުގެ ސަތަހައަށްވުރެ 3650 މީޓަރު މަތީގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖެހީ ބޮލީވިއާއިންނެވެ. އެޓީމަށް މި ލަނޑު ޖަހައިދިނީ މާސެލޯ މޮރޭނޯ މާޓިންސްއެވެ. ފަހަތުން އަރައި އާޖެންޓީނާއިން މެޗު ކާމިޔާބުކުރިއިރު އެޓީމުގެ ލަނޑުތައް ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އަދި ހޯކުއިން ކޮރޭއާއެވެ. 

ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު ބްރެޒިލްއ އޮތްއިރު ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން ދެވަނަ ލިބެނީ އާޖެންޓީނާއަށެވެ. ތިންވަނައިގައި ކޮލޮމްބިއާ އޮތްއިރު ހަތަރުވަނައިގައި އޮތީ ޕެރަގުއޭއެވެ. ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުން ފުރުސަތު ލިބޭއިރު ފަސްވަނަ ޓީމު ކުޅެން ޖެހޭނީ އިންޓަނޭޝަނަލް ޕްލޭއޮފް ރައުންޑްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.