ޚަބަރު
ސިޔާސީގޮތުން ގައުމު ހަލަބޮލިނުކޮށް، ރައީސް ޑރ މުއިއްޒާއެކު ރައްޔިތުން ސާބިތުވެތިބުން މުހިއްމު: ފައިސަލް
ޓޫރިޒަމް މިނިސްޓަރު ފައިސަލް --- ފޮޓޯ/ ޓްވިޓާ

‎ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ސިޔާސީގޮތުން ޤައުމު ހަލަބޮލި ކުރައްވާނެ ބޭފުޅެއް ނޫންކަމަށާއި، އެމަނިކުފާނާއެކު ރައްޔިތުން ސާބިތުވެ ތިބުމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ގޮވާލައްވައިފިއެވެ.

‎ޓޫރިޒަމް މިނިސްޓަރު ފައިސަލް ފޭސްބުކްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެެރެއިން ރައްޔިތުންނަށް މަންފާހުރި ވައުދުތަކެއް މި ހަފުތާ ތެރޭގައިވެސް ފުއްދަވާ ދެއްވާފައިވާ ކަމަށެވެ. އެކަމުންވެސް ދޭހަވަނީ އެމަނިކުފާނުގެ ހިތްޕުޅުގައި ގައުުމާއި ރައްޔިތުންނަށް އޮޮތް އިހުލާސްތެރި ލޯބި ކަމަށް މިނިސްޓަރު ފައިސަލް ވިދާޅުވިއެވެ.

‎”މިވަގުތު އެންމެ މުހިންމީ ސިޔާސީ ހަލަބޮލި ކަމަށް ނުދެއްވާ ރައީސް ޑރ. މުޢިއްޒާއެކު ލޮބުވެރި ރައްޔިތުން ސާބިތުވެ ތިއްބެވުން،” ފައިސަލް ވިދާޅުވިއެވެ. 

ރައީސް ޑރ. މުއިއްޒު މި ހަފުތާ ތެރޭގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމަވާފައިވާ އިރު، އޭގެ ތެރޭގައި އާސަންދަ ނިޒާމަށް ގެނައި ހެޔޮ ބަދަލުތަކުގެ އިތުރުން، ހިޔާ ފްލެޓާއި ރޯ ހައުސްތަކުގެ ކުލި ކުޑަކުރުންވެސް ހިމެނެއެވެ. ޑރ. މުއިއްޒުގެ ސަރުކާރަށް އަދި މާ ގިނަ ދުވަސްތަކެއް ވެފައި ނުވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވަނީ މި ވެރިކަމާ ނުރުހި، އާ ޕާޓީއެއް ހަދަން ފައްޓަވައިފައެވެ. 

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top