އައިފޯންގެ އައު ލައިންއަޕް ރޭ އެޕަލްއިން ދައްކާލައިފިއެވެ. މިފަހަރުގެ އައިފޯން ލައިންއަޕްގައި ހަތަރު ފޯނެއް ހިމެނެއެވެ. ހުރިހާ ފޯނެއްގައި ވެސް 5ޖީ ޓެކްނޮލޮޖީ ހިމެނޭއިރު މިފަހަރު ވަނީ އައިފޯން މިނީއެއް ވެސް ދައްކާލާފައެވެ. އެފޯންގެ އިތުރުން ދައްކާލާފައިވަނީ އައިފޯން 12، އައިފޯން 12 ޕްރޯ އަދި އައިފޯން 12 ޕްރޯ މެކްސްއެވެ. 

އޮންލައިންކޮށް ބޭއްވި އިވެންޓެއްގައި މި ފޯންތައް ދައްކާލިއިރު އެއްވެސް އައިފޯނެއްގެ ފޮއްޓެއްގައި ޗާޖިން އެޑެޕްޓަރެއް އަދި ހެޑްފޯނެއް ނުހިމެނެނޭނެއެވެ. އަދި ހުރިހާ އައިފޯނެއްގެ ސްޓޯރޭޖް ވެސް ކުރީ ފަހަރުތަކާ ހިލާފަށް ފެށެނީ 128 ޖީބީއިންނެވެ. މީގެކުރިން 64 ޖީބީގެ އައިފޯން ނެރުނު ނަމަވެސް އައިފޯން 12 އާއެކު އެޕަލްއިން ވަނީ އެންމެ ކުޑަ ސްޓޯރޭޖް ސްޕޭސްއަކީ 128 ޖީބީ ކަމަށް ކަނޑައަޅާފައެވެ. 

މިފަހަރުގެ އައިފޯންތައް ޑިޒައިން ކޮށްފައިވަނީ 2013 ވަނަ އަހަރު ނުކުތް އައިފޯން 4 އަދި 5 ޑިޒައިނާ ވައްތަރުވާ ގޮތަކަށެވެ. ފޭސް އައިޑީއާއެކު މި ފޯންތައް ބާޒާރަށް ނެރޭއިރު ސްމާޓް ފޯނެއްގައި ހިމެނޭ އެންމެ އަވަސް ޗިޕް ކަމަށްވާ އޭ14 ބަޔޯނިކް ޗިޕް ހިމެނޭނެއެވެ. ހުރިހާ ފޯނެއްގެ ކެމެރާއަށް ވެސް ބޮޑު ކުރިއެރުންތަކެއް އެޕަލްއިން ވަނީ ގެނެސްފައެވެ. 

ރޭގެ އިވެންޓްގައި އެޕަލްއިން ވަނީ އެންމެ 99 ޑޮލަރަށް ލިބޭ ހޯމްޕޮޑް މިނީ ސްޕީކަރ ވެސް ދައްކާލާފައެވެ. 

އޮކްޓޯބަރު 23 އިން ފެށިގެން އައިފޯން 12 އަދި އައިފޯން 12 ޕްރޯ ލިބޭނެއެވެ.އައިފޯން 12 އަގަކީ 799 ޑޮލަރެވެ. އަދި ޕްރޯގެ އަގަކީ 999 ޑޮލަރެވެ. އައިފޯން މިނީ ބާޒާރަށް ނެރޭނީ 13 ނޮވެމްބަރުގައެވެ. އެ ފޯންގެ އަގަކީ 699 ޑޮލަރެވެ. ނޮވެމްބަރު 13 ގައި ޕްރޯ މެކްސް ވެސް ނެރޭއިރު އޭގެ އަގަކީ 1099 ޑޮލަރެވެ. މި ހުރިހާ ފޯނެއް ވެސް މި އަންނަ ހުކުރު ދުވަހުން ފެށިގެން ޕްރީ އޯޑަރ ކުރެވޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.