ހދ.ހަނިމާދޫ މަގުތައް ހެދުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާކަމަށް އެ މަސައްކަތްކުރަމުންގެންދާ އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީ އިން ހާމަކޮށްފައިވާ ގޮތުގައި މަގު ހެދުމުގެ މަޝްރޫއުގެ 67% މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށް ދަނީ ހޮޅި ވަޅުލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެވެސް 62% މިހާރު ނިމިފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މި މަޝްރޫއުގެ ތެރެއިން ފައިމަގުގައި ހިނގޭ ގޮތަށް 16،518 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 38،916 ސްކެއާ މީޓަރުގެ ސަރަހައްދެއް ގާއިމުކުރުމާއި، 19,679.7 ސްކެއާ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 46.7 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 15 ޖޫން 2019 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *