ޕޯޗުގަލްގެ ކެޕްޓަން އަދި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. 

އޭނާ މި ބައްޔަށް ޕޮސިޓިވްވިކަން ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ކަށަވަރުކޮށްދީފައެވެ. މިކަމާއި ގުޅިގެން ރޮނާލްޑޯ އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. ގައުމީ ޓީމާއެކު ހުރި ރޮނާލްޑޯ ވަނީ ޓީމު ދޫކޮށް އައިސޮލޭޝަންއަށް ގޮސްފައެވެ. ރޮނާލްޑޯގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ރިޕޯޓްތައް ބުނެއެވެ. 

ރޮނާލްޑޯ މިވަގުތު ހުރީ ޔުއެފާ ނޭޝަންސް ލީގުގައި ވާދަކުރާ އޭނާގެ ގައުމީ ޓީމުގެ ސްކޮޑާއެކުއެވެ. ބުދަ ދުވަހުގެ ރޭ ސްވިޑެންއާ ދެކޮޅަށް ކުޅޭ ނޭޝަންސް ލީގުގެ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. އެންމެފަހުން ދުނިޔޭގެ ޗެމްޕިއަން ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ރޮނާލްޑޯ ކުޅުނުއިރު އެ މެޗު ނިމިފައިވަނީ 0-0 އިން އެއްވަރުވެގެންނެވެ. 

މިވަގުތު ޕޯޗުގަލް އޮތީ ހަތް ޕޮއިންޓާއެކު އެޓީމު ހިމެނޭ ގްރޫޕްގެ އެއްވަނައިގައެވެ. އަދި އެންމެފަހުގެ ޔޫރޯ އަދި ނޭޝަންސް ލީގުގެ ޗެމްޕިއަނުންނަކީ ވެސް ޕޯޗުގަލްއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.