ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ޓާރފް އަޅަން ފަށައިފިއެވެ. މި މަސައްކަތް ކުރަމުން ދަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ. 

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4.36 މިލިއަން ރުފިޔާއަށެވެ. މި ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުންނެވެ. 

މި ދަނޑުގައި ޓާރފް އަޅަން ފެށުމާއި ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީރާނާވަމުންދިޔަ ގަމު ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެއް ކަމަށެވެ. އަދި އެތަކެއް ދުވަހުގެ ދިގު އިންތިޒާރަށް ފަހު ގަމު ޒޯން ސްޓޭޑިއަމްގައި ޓާރފް އެޅުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ. ހަމައެހެންމެ މި ސަރުކާރުގެ ވައުދުތައް ރަނުން ރަނަށް ފުއްދާނެ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް އެބަގެންދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.