އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބާސެލޯނާގައި މަޑުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް އެކްލަބްގެ ކުރީގެ ކެޕްޓަން ކާލޯސް ޕުޔޯލް ބުނެފިއެވެ. 

މިދިޔަ ޓްރާންސްފަރ މާކެޓުގައި މެސީ ބާސާ ދޫކޮށްލަން ބޭނުންވާކަން އެ ކްލަބަށް އެންގިއެވެ. އެހެން ނަމަވެސް ބާސާއިން އޭނާ ވިއްކާލަން ދެކޮޅު ހެދުމާއި ގުޅިގެން މެސީ ވަނީ އެ ކްލަބްގައި މަޑުކޮށްފައެވެ. ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީގެ މުޅި ކެރިއަރުގައި ވެސް މިހާތަނަށް ކުޅެފައިވާ ހަމައެކަނި ކްލަބަކީ ބާސާއެވެ. އަދިވެސް މެސީ ބާސާއާއެކު އައު ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިނުވާއިރު ޖެނުއަރީ މަހުން ފެށިގެން އޭނާއަށް އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އޮންނާނެއެވެ. 

ކުރީގެ ކެޕްޓަން ޕުޔޯލް ބުނީ އެހެން ސަޕޯޓަރުންނެކޭ އެއްގޮތަށް މެސީ ބާސާ ދޫކޮށްލާތަން ބަލަން އޭނާ ވެސް ބޭނުންނުވި ކަމަށެވެ. އަދި ދާދިފަހުން އޭނާ ކްލަބާއެކު ކުރިޔަށްދާން ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށާއި އެހެންކަމުން އޭނާ ބާސާގައި ގިނަ ދުވަހަށް މަޑުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ޕުޔޯލް ބުނެފައިވެއެވެ. 

ބާސާ ދޫކޮށްލާނެކަން މެސީ ރަސްމީކޮށް ހާމަކުރުމާއި ގުޅިގެން އޭނާގެ ދިފާއުގައި އެންމެ ފުރަތަމަ ނުކުތީ ޕުޔޯލްއެވެ. އޭރު ޕުޔޯލް ވަނީ މެސީ ބޭނުން ކްލަބަކަށް ކުޅުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ބުނެ ބާސާގެ މެނޭޖްމަންޓަށް ފާޑުކިޔާފައެވެ. 

މެސީ މިވަގުތު އަންނަނީ އާޖެންޓީނާގެ ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ބައިވެރިވަމުންނެވެ. ބާސާގެ އައު ކޯޗު ރޮނާލްޑް ކޯމަންއާއެކު އެޓީމުން މިފަހަރުގެ ސީޒަނުގައި ރަނގަޅު ނަތީޖާތަކަށް ވާސިލްވުމަށް މެސީގެ ރޯލް ވަރަށް މުހިންމު ވާނެ ކަމަށް ބޭރުގެ ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *