ށ.ފީވަށް އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓްގެ މަސައްކަތް ކުރަމުންގެންދާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި ބަނދަރު ހެދުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ވަރަށްބޮޑަށް ނިމިފައެވެ. 

ށ.ފީވަށް ބަނދަރު ހެދުމުގެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %55 މަސައްކަތް މިހާރުވަނީ ނިމިފައެވެ.

މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 644 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %72 ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ވަނީ މިހާރު ނިމިފައެވެ. އަދި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ވަނީ ކުރިން ބުނެފައެވެ. 

69,301,516.27 ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކުރެވުނީ 2 ޖުލައި 2019ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *