ޏ.ފުވައްމުލައް ހޮސްޕިޓަލުގެ އާ އިމާރާތް ކޮންޓެކްޓަރ ފައިނޭންސްގެ ދަށުން، ޑިޒައިންކޮށް އިމާރާތް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްއިން އިއުލާންކޮށްފިއެވެ. 

މިއީ މިނިސްޓްރީ އޮފް ހެލްތުގެ އެދި ލެއްވުމުގެ މަތިން، ފުވައްމަލަކު ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަން ނިންމާފައިވާކަމެކެވެ. ފިނޭންސް މިނިސްޓްރީއިން ހާމަކޮށްފައިވާ ގޮތުގައި، މި ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގޮތުގައި 1.4 މިލިއަން ދިވެހި ރުފިޔާ ބަހައްޓަންޖެހޭނެއެވެ. 

ފުވައްމުލަކު ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކުރުމުގެ މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލް އަޕްގްރޭޑްވެސް ކުރެވުނެވެ. އެގޮތުން، ދެ ލައްކަ 33 ހާސް ހަރަދުކޮށްގެން އަޕްގްރޭޑް ކުރުމަށް ކުރެވުނު މަސައްކަތް ނިންމާލެވުނީ މިދިޔަ މަހުގެ ތެރޭގައެވެ. 

އަލަށް އިއުލާންމިކުރެވުނު ޕްރޮޖެކްޓްގެ ދަށުން ހޮސްޕިޓަލުގައި އެކްސްޓެންޝަން އިމާރާތެއް ހަދާނެއެވެ. މިއާއެކު، އެ ހޮސްޕިޓަލުން އެއްފަހަރާ ހިދުމަތް ދެވޭ މީހުންގެ އަދަދު އިތުރުވެގެންދާނެއެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުން، ރ.އަލިފުށި ސިއްހީ މަރުކަޒުވެެސް ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އަޕްގްރޭޑްކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތުގެ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓަން ޖެހެނީ ހަތަރު ލައްކަ ރުފިޔާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *