ގއ، ވިލިނގިލި -- ފޮޓޯ: ޓުވިޓާ

ގއ. ވިލިނގިލީގައި ކާފިއު އިއުލާން ކޮށް, އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ހަވީރު 6:00 އިން ފަތިހު 4:00 އަށް ވިލިނގިލީގައި ކާފިއު އިއުލާންކޮށް، މާދަމައިން ފެށިގެން މި މަހު 26 ވަނަ ދުވަހުގެ ނިޔަލަށް އަޅާފައިވާ ފިޔަވަޅުތައް ތަންފީޒު ކުރަން އަންގާފައިވާ ކަމަށެވެ.

ވިލިނގިލީގައި ކާފިއު ހިންގުމުގެ އިތުރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
  • ޕާޓިތަކާއި ހަފްލާތަކާއި އަދި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލުން
  • އެއްގެއިން އަނެއް ގެޔަށް ޒިޔާރަތް ކުރުން ހުއްޓާލުން
  • އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުން
  • ސެލޫންތަކާއި، ޖިމްތައް އަދި ބޯކޮށާތަންތަން ބަންދު ކުރުން
  • ކުޅިވަރު ހަރަކާތްތަކާއި، ކަސްރަތު ހަރަކާތްތައް ހިްނގުން ހުއްޓާލުން
  • ޓެކްސީ ހިދުމަތް ދޭ ފަރާތްތަކުން އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޓެކްސީ ހިދުމަތް ދިނުން،
  • ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން ހުއްޓާލުން، (ޑެލިވެރީ ކުރެވޭނެ)
  • އެޗްޕީއޭގެ އުސޫލާ އެއްގޮތަށް ފިހާރަތަކުން ހިދުމަތް ދިނުން
  • ޔުނިވާސިޓީ، ކޮލެޖުތަކަށް ދަރިވަރުން ހާޒިރުގެން ކްލާސްތައް ނަގައި ދިނުން ހުއްޓާލުން

ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން މާލެ ސަރަހައްދާއި، އަތޮޅުތެރޭގެ އެހެން ރަށްތަކުގައި ވެސް ވަނީ ފިޔަވަޅުތައް ވަރުގަދަކޮށް، ކާފިއު އިއުލާން ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *