ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް 2020 ގައި ސްޓެލްކޯއަށް "ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" އެވޯޑް ލިބިއްޖެއެވެ. 

"ޑްރީމް ކޮމްޕެނީސް ޓު ވޯކް ފޯ" ގެ އެވޯޑް ސްޓެލްކޯއަށް ލިބިފައިވަނީ އެންމެ މުހިންމު އެއް ރައުސުލްމާލު ކަމުގައިވާ، އެ ކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމާއި، ހިތްހަމަޖެހުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލަފަޔާއި އިރުޝާދާއި އެކު، އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުންޏެވެ. 

އަދި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެމަތިން ކުންފުނި ހިންގުމުގައި ޒަމާނީ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފުކޮށް، ބޭނުން ކުރުމާއި، ކުންފުނީގެ ކުންފުނި ހިންގުމާއި އޯވާރޯލް ޕާރފޯމެންސް އަދި ގަވަރނެންސް ހަރުދަނާވުމުގެ އިތުރުން މިކުންފުނީގެ ގްރީންލައިފް އިނިޝިއޭޓިވް ނުވަތަ ތިމާވެއްޓާއި ރައްޓެހި ހަކަތައަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމާއި، ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް މިކުންފުނިން އަޅާފައިވާ އަދި އަޅަމުންގެންދާ ނަމޫނާ ފިޔަވަޅުތައް މީގެ ތެރޭގައި ހިމެނޭ ކަމަށް ބުންޏެވެ. އަދި ރައްޔިތުންނާއި ސީދާގުޅިފައިވާ ކުންފުންޏަކަށްވާހިނދު، ކުންފުނީގެ ފަރާތުން އިޖުތިމާއީ ޒިންމާ އަދާކުރުމުގައި ގެންގުޅެފައިވާ ސިޔާސަތުތަކުގެ ހަރުދަނާ ކަމުންކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ވަޒީފާއަދާކުރުމުގެ ފުރުސަތުދީ، މުޖުތަމައުއަށާއި، މިކުންފުންޏަށް ބޭނުންތެރިބައެއްގެ ގޮތުގައި ހާއްސައެހީއަށް ބޭނުންވާ ބައެއް ފަރާތްތަކެއް ހެދުމާއި، ކުންފުނީގެ މުވައްޒަފުންގެ ދުޅަހެޔޮކަމަށް ތަފާތު ކުޅިވަރު ކުޅެވޭނެ އިންތިޒާމްތައް ހަމަޖައްސައި، ހަށިހެޔޮ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކަސްރަތު ކުރުމަށް ޖިމެއް ގާއިމްކޮށްފައިވާ ކަމަށެވެ. މީގެ އިތުރުންވެސް، ސިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި، އިންހައުސް ހެލްތު އިންޝުއަރޭންސް ސްކީމެއް ހަމަޖެއްސުމާއި، އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކާއި، ކުންފުނީގެ މުވައްޒަފުންނަކީ މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި، އަދި ކުންފުނީގެ ވިޔަފާރީގެ ދައިރާއިން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާއި އެއްވަރަށް އަދާހަމަ ބަޔަކަށް ހެދުމަށާއި، ކަސްޓަމަރުންނަށް ދޭން ބޭނުންވާ ހިދުމަތް އޭގެ އެންމެ ފުރިހަމަގޮތުގައި ދިނުމަށް، ތައުލީމާއި، ތަޖުރިބާ އިތުރުކުރުމަށް ތަފާތު އެކިއެކި ސްކޯލާޝިޕްތަކުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި މިދާއިރާއިން އަންހެނުން ބިނާކޮށް ބާރުވެރި ކުރުވުމަށް އަންހެނުންނަށް ހާއްސަކޮށްގެން އިލެކްޓްރީޝަން ކޯސް ހިންގުންވެސް ހިމެނެ އެވެ.

ސްޓެލްކޯގެ މުވައްޒަފުންގެ ގޮތުގައި ތިބެ ނިޔާވާފަރާތްތަކުގެ 18 އަހަރުން ދަށުގެ ކުދިންނަށް 18 އަހަރު ވަންދެން މާލީ އެހީތެރިކަން ފޯރުކޯށްދިނުމާއި، މާބަނޑު އަންހެނުންނަށް މެޓާނިޓީ ލީވްގެ ގޮތުގައި 6 މަސްދުވަސް ހަމަޖެއްސުމުގެ އިތުރުން، ލީވް ނިމުމަށްފަހު އަލުން މަސައްކަތުގެ މާހައުލަށް ނިކުތުމުން 2 ގަޑި އިރުގެ ބްރޭކެއް ހަމަޖައްސައިދިނުންވެސް ހިމެނެ އެވެ. އަދި ހައްޖާއި، އުމްރާގެ ފުރުސަތާއި، ކުންފުނީގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުންފުނިން ކުރަމުންގެންދާ މަސައްކަތްތަށްވެސް މީގެ ތެރޭގައި ހިމެނެ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.