މާލޭ ސިޓީ ކައުންސިލްގެ މޭޔާ ޝިފާ މުހައްމަދުގެ މައްސަލަ ދިރާސާ ކުރަމުންދާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ބުނެފިއެވެ. 

ލޮނުޒިޔާރަތްކޮޅު ޕާކްގެ މައްސަލާގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ޝިފާ އަމަލު ކުރައްވާފައިވާ ކަމަށް ނިންމައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ޝިފާއަށް ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައެވެ. 

އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުން ވަނީ އޭސީސީއަށް ފާޑުވެސް ވިދާޅުވެފައެވެ. ޝިފާގެ ދިފާއުގައި އެމްޑީޕީ ވާހަކަ ދައްކަވައި އޭސީސީ މެންބަރުން ބޭރުކުރުމަށް ވެސް ގޮވާލާފައިވެއެވެ. 

ޝިފާ ވެސް ވަނީ ތުހުމަތުތައް ދޮގު ކުރައްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. ތެދުވެރިކަމާއެކު ރައްޔިތުންގެ ހިދުމަތުގައި ހުންނަވާނެ ކަމަށް ވިދާޅުވެ އޭނާގެ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑު ޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވިޔަ ނުދޭނެ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

ޕީޖީ އޮފީހުން މިއަދު ޖަޒީރާއަށް މައުލޫމާތު ދިން ގޮތުގައި ޝިފާގެ މައްސަލާގައި މިހާތަނަށް އެ އޮފީހުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ނަމަވެސް މައްސަލަ އަދި ގެންދަނީ ދިރާސާ ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *