ކޮވިޑް-19އާ ގުޅިގެން އިންޑިއާއަށް ވެސް ދަތި ހާލަތެއްގައި އޮތް ނަމަވެސް ރާއްޖެއަށް ވެދެމުން ގެންދާ އެހީތަކަށް ޝުކުރު އަދާ ކުރައްވާ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ. 

އަމީރު މިހެން ވިދާޅުވީ ގްްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ކުރިއަށް ގެނަދިއުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓްގެ އެއްބަސްވުމުގައި އިންޑިއާގެ އެކްޒިން ބޭންކާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 

މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދަށް އޭގެން އަސަރުކޮށްފައިވާއިރު ރާއްޖެއަކީ އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމު ކަމަށެވެ. އެހެންވެ ގިނަ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ. 

އެހެން ނަމަވެސް އަލުން ތަރައްގީގެ މަޝްރޫއުތައް ފަށައި، އިގުތިސޯދު ސަލާމަތް ކުރަން ޖެހޭކަން މިނިސްޓަރު އަމީރު ފާހަގަ ކުރެއްވިއެވެ. އެކަމުގައި އިންޑިއާގެ އެހީ ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ އިންޑިއާއަށާއި އެގައުމުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތުގައި ވެސް، ރާއްޖެއަށް މެދުނުކެނޑި ދެމުން އަންނަ އެހީއަށް އަޅުގަނޑު ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ބްރިޖް މަޝްރޫއަށް އިންޑިއާއިން ދިން ސްކީމްގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅިގެންދާނެއެވެ. މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެއެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެއެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. މި ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން ވަނީ އެޕްރޫވަލް ދީފައެވެ. ޓެންޑާ ކަރުދާސްތައް ތައްޔާރު ކުރެވޭނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ގުޅިގެން ދެފަރާތުގެ މެދުގައި ބޭއްވޭ ކޮންސަލްޓޭޝަންތަކުގެ ދަށުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެކަމަށް ލަފާކުރެވެއެވެ. އިންޖިނިއަރިން ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) ކޮންޓްރެކްޓަރު ހޮވުމުގެ އެންމެ ފަހުގެ ޓެންޑަރު އިޝޫ ކުރެވޭނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ޑިސެމްބަރ 2020 ގައި ފެށޭނެކަމަށް ލަފާކުރެވެއެވެ.

ޖީ.އެމް.ސީ.ޕީ އަކީ އިންޑިއާގެ ޑިވެލޮޕްމެންޓް ޕާޓްނަޝިޕްގެ ސިފަތަށް ކަމުގައިވާ ޕާޓްނާޝިޕް، މަޝްރޫއު ހިންގޭ ގައުމުގެ ފުރިހަމަ ބައިވެރިވުމާއި މިލްކިއްޔާތެއް ކަމުގައިވުން، އަދި ކޮމްޕެޕެޓިވް ޕްރައިޒިންގް އެކުލެވޭހެން ދެފުށްފެންނަ ގޮތަށް ހިންގޭނެ މަޝްރޫއުއެކެވެ. ލައިން އޮފް ކްރެޑިޓްގެ ޓާމްސް އެންޑް ކޮންޑިޝަންސް އިންޑިއާގެ އެގްޒިމް ބޭންކްގެ ވެބްސައިޓް ގައި ފެންނަން ހުންނާނެއެވެ. މީގެ ތެރޭގައި ފަސް އަހަރުގެ މޮރެޓޯރިއަމް އަކާއި 20 އަހަރުގެ ރީޕޭމެންޓް ޕީރިއަޑް ހިމެނެއެވެ. ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން ޝަރުތުކުރާ ގޮތުން މަޝްރޫއު ތަކުގެ ޕްރޮޖެކްޓް ކޮމްޕޯނެންޓް ގެ ތެރެއިން 65%-75% ސޯސް ކުރެވެން ވާނީ އިންޑިއާ އިންނެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށާއި ޚިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.