އެއްބައި މީހުންނަކީ ހެނދުނު ނިދައި ހޭލުމަށްފަހު ވަރަށް ފަސޭހައިން ދުވަހުގެ މަސައްކަތާއެކު ކުރިއަށްދެވޭ ބައެކެވެ. އަނެއްބައި މީހުންނަކީ ހެނދުނު ހޭލަން ފޫހިވެ ފުރިހަމައަށް ހަރަކާތްތެރިވުމަށް ވަގުތު ބޭނުންވާ މީހުންނެވެ. ކާމިޔާބު މީހުންނަކީ އެންމެ އަވަހަށް ނިދާ ހޭލާ މީހުންނޭވެސް ބުނެ އުޅެއެވެ. ހަމަ މިއުސޫލުން މަޝްހޫރު އެތައް މީހުންނެއް ވެސް ވަނީ އެމީހުންގެ ކާމިޔާބީގެ ފަހަތުގައި ހެނދުނު އަވަހަށް ހޭލުމާއި ހޭލުމަށްފަހު ގެންގުޅޭ އާދަތަކަށް އިޝާރާތްކޮށްފައެވެ.

މިގޮތުން ތިމާގެ ދުވަސް ފަށާ ގޮތުގެ ސަބަބުން މުޅި ދުވަހު ނުތަނަވަސް ކަމެއްގައި ނުވަތަ އުފާވެރިކަމެއްގައި ހޭދަކުރަންޖެހިދާނެއެވެ. ނަފްސާނީ ދުޅަހެޔޮކަން އިތުރުކަން ބޭނުންނަމަ އެންމެ ފުރަތަމަ ފިޔަވަޅަކީ ސްޓްރެސް ވުމަށް މަގުފަހިވާ އާދަތައް ދެނެގެނަ އެކަންކަން ރަނގަޅުކުރުމެވެ.

ނިދުމުގެ ކުރިން އޭގެ އަނެއް ދުވަހަށް ތައްޔާރުވުމަކީ ހެނދުނު ހޭލުމަށް ފަސޭހަވާ ކަމެކެވެ. ނިދުމުގެ ކުރިން އޭގެ އަނެއް ދުވަހު ލާނެ ހެދުމެއް ކުރިޔާލައި ނިންމުމަށްފަހު އިސްތިރިކުރުމުން ހެނދުނު އެ މަސައްކަތް ކުރާކަށް ނުޖެހޭނެއެވެ. ހަމަ މި ގޮތަށް ކިޔަވާ ކުދިން އެކުދިން ދަބަހަށް އަޅަންޖެހޭ ސާމާނު ހަމަކޮށްގެން އަދި ހެނދުނު ކާނެ ކެއުމެއް ވިސްނައިގެން ނިދުމުން ދުވަސް ފަށަން ހިތްވަރު ލިބޭނެއެވެ.

ސައިންސްވެރިން ލަފާކުރާގޮތުގައި 7-9 ގަޑީރުގެ ނިދި ބޭނުންވާއިރު ގިނަ މީހުންނަކީ ލަހުން ނިދާ, އަވަހަށް ހޭލުމުގެ އާދަ އަށަގަނެފައިވާ މީހުންނެވެ. ފުޓްބޯޅަ މެޗެއް ބަލަންވެގެން ނުވަތަ ސީރީޒެއް ބަލަން ދެވިހިފުމުން ވަގުތު ދާގޮތް ނޭނގި ނިދެނީ ލަހުންނެވެ. ވަޒީފާއަށް ދާން ނުވަތަ ސުކޫލަށް ދާން އަވަހަށް ހޭލަންޖެހޭއިރު ހަމަ ނިދި ނުލިބި މުޅި ދުވަސް ހޭދަވަނީ ބޮލު ރިހުމެއްގަ ނުވަތަ ކަންކަމަށް ދޭންވާ ސަމާލުކަން ނުދެވިއެވެ. ވީއިރު އަވަހަށް ހޭލަންޖެހޭނަމަ އަވަހަށް ނިދުމަށް އާދަކުރަންޖެހެ އެވެ.

ހެނދުނުގެ ނާސްތާއަކީ ތިންއިރުގެ ކެއުމުގެ ތެރެއިންވެސް އެންމެ މުހިންމު ކެއުމެވެ. އެހެނީ ލަހުން ހޭލުމަށްފަހު ދާންޖެހޭ ތާކަށް ދާން ގަޑިޖެހޭތީވެ, ހެނދުނުގެ ނާސްތާ ނުކޮށް ދިއުމަކީ ވަރަށް ގިނަ ބައެއްގެ ކިބައިގައި ހަރުލާފައިވާ އާދައެކެވެ. ބަނޑުހައިހޫނުކަންމަތީ މަސައްކަތައް ދިއުމުން ނުވަތަ ކިޔަވަން ދިއުމުން ދޭންޖެހޭ ސަމާލުކަމާއި ދުވަހުގެ ކަންކަމާއިވެގެން ކުރިއަށްދިއުމުގެ ބުންވަރެއް މީހާގެ ގައިގައި ނުހުންނާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.