ގްްރޭޓާ މާލޭ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ކުރިއަށް ގެނަދިއުމަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ލައިން.އޮފް.ކްރެޑިޓް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 

މި މަޝްރޫއުއަށްޓަކައި އިންޑިއާ ސަރުކާރުން 100 މިލިއަން ރުފިޔާގެ ގްރާންޓެއް ފޯރުކޮށްދޭ ގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ. ޖީ.އެމް.ސީ.ޕީ އަކީ ރައީސް ސޯލިހްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ވައުދެކެވެ. އަދި މި މަޝްރޫއުއަށް އިންޑިއާގެ އެހީ ފޯރުކޮށްދޭން ހަމަޖެހި، އިއުލާނު ކުރެވިފައިވަނީ އޮގަސްޓް 13، 2020 ގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ޖެއިޝަންކަރް އާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ މެދުގައި ބޭއްވުނު ވާޗުއަލް ބައްދަލުވުމުގައެވެ. 

މިނިސްޓްރީ އޮފް ފިނޭންސް އާއި އެކުގައި އިންޑިއާގެ އެގްޒިމް ބޭންކުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ޖެނެރަލް މެނޭޖާ ނިރްމިތު ވޭދް އަދި ޗީފް މެނޭޖާ ހަރީޝް ކުމާރު އެވެ. އެގްޒިމް ބޭންކްގެ މި ޓީމު އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގޭ މަޝްރޫއުތަކުގެ އިމްޕްލިމެންޓިން އޭޖެންސީ ތަކާއި ބައްދަލުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. 

އެގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، މިނިސްޓްރީ އޮފް ޕްލޭނިން އިންފްރާސްޓްރަކްޗާ އެންޑް ހައުސިން، އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި ހައުސިން ޑިވެލޮޕްމެންޓްގެ ފަރާތްތަކާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ. މި ބައްދަލުވުންތަކުގައި މީގެ ކުރިން އިންޑިއާއިން ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގެ ދަށުން ހިންގ އުމުރާނީ ތަރައްގީގެ ހަތް ބޮޑު މަޝްރޫއުގެ ކުރިއެރުން އެސެސް ކުރެވި މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ބުންޏެވެ. 

އިންޑިއާގެ މި ސްކީމްގެ ދަށުން ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް އާއި ތިލަ ހިސާބުތަކުގައި އާއި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ރަށްތަކުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި 140 މީޓަރުގެ (3) ނެވިގޭޝަން ބްރިޖް އެޅިގެންދާނެއެވެ. މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެއެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެއެވެ. ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީ.ސީ.ޓީ.ވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިން ފޯރުކޮށްދިނުމަށް ބޭނުން ކުރެވޭނީ އިރުގެ ހަކަތައެވެ. ލޭމްޕް ޕޯސްޓް ތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލް ހަރުކުރެވޭނެއެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް ކަމަށްވާ އެމް/އެސް އަރޫޕް ލިމިޓެޑް ހޮވާފައިވަނީ ދިވެހި ސަރުކާރުންނެވެ. މި ކޮންސަލްޓެންޓް ތައްޔާރުކޮށްފައިވާ ޑީޓެއިލްޑް ޕްރޮޖެކްޓް ރިޕޯޓް (ޑީ.ޕީ.އާރް) އަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރުގެ ޓެކްނިކަލް އޮތޯރިޓީ ތަކުން ވަނީ އެޕްރޫވަލް ދީފައެވެ. ޓެންޑާ ކަރުދާސްތައް ތައްޔާރު ކުރެވޭނީ ދިވެހި ސަރުކާރާއި އިންޑިއާގެ އެގްޒިމް ބޭންކް ގުޅިގެން ދެފަރާތުގެ މެދުގައި ބޭއްވޭ ކޮންސަލްޓޭޝަންތަކުގެ ދަށުންނެވެ. ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ޓެންޑަރ މަރުހަލާ ފެށޭނެކަމަށް ލަފާކުރެވެއެވެ. އިންޖިނިއަރިން ޕްރޮކިއުމަންޓް އެންޑް ކޮންސްޓްރަކްޝަން (އީ.ޕީ.ސީ) ކޮންޓްރެކްޓަރު ހޮވުމުގެ އެންމެ ފަހުގެ ޓެންޑަރު އިޝޫ ކުރެވޭނީ ދިވެހި ސަރުކާރުގެ ފަރާތުންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ޑިސެމްބަރ 2020 ގައި ފެށޭނެކަމަށް ލަފާކުރެވެއެވެ.

ޖީ.އެމް.ސީ.ޕީ އަކީ އިންޑިއާގެ ޑިވެލޮޕްމެންޓް ޕާޓްނަޝިޕްގެ ސިފަތަށް ކަމުގައިވާ ޕާޓްނާޝިޕް، މަޝްރޫއު ހިންގޭ ގައުމުގެ ފުރިހަމަ ބައިވެރިވުމާއި މިލްކިއްޔާތެއް ކަމުގައިވުން، އަދި ކޮމްޕެޕެޓިވް ޕްރައިޒިންގް އެކުލެވޭހެން ދެފުށްފެންނަ ގޮތަށް ހިންގޭނެ މަޝްރޫއުއެކެވެ. ލައިން އޮފް ކްރެޑިޓްގެ ޓާމްސް އެންޑް ކޮންޑިޝަންސް އިންޑިއާގެ އެގްޒިމް ބޭންކްގެ ވެބްސައިޓް ގައި ފެންނަން ހުންނާނެއެވެ. މީގެ ތެރޭގައި ފަސް އަހަރުގެ މޮރެޓޯރިއަމް އަކާއި 20 އަހަރުގެ ރީޕޭމެންޓް ޕީރިއަޑް ހިމެނެއެވެ. ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން ޝަރުތުކުރާ ގޮތުން މަޝްރޫއު ތަކުގެ ޕްރޮޖެކްޓް ކޮމްޕޯނެންޓް ގެ ތެރެއިން 65%-75% ސޯސް ކުރެވެން ވާނީ އިންޑިއާ އިންނެވެ. މީގެ ސަބަބުން ދިވެހި ކުންފުނިތަކަށާއި ޚިދުމަތްތެރިންނަށް މަޝްރޫއުތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *