ޗައިނާއާއެކު ރާއްޖެއިން ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ކުރީ ސަރުކާރުގެ ވެރިން ރަނގަޅަށް ބައްލަވާފައި ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޖަލްސާގައި އެފްޓީއޭގެ ދަށުން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރު ޒަހާއާ ސުވާލުކުރިއެވެ. އެކަމާ ގުޅިގެން ރައީސް ނަޝީދު މަޖިލީހުގައި ވިދާޅުވީ ޗައިނާގެ އެފްޓީއޭ "އޮޕަރޭޝަންގައި ނެތް" ކަމާއި އޭގެ ދަށުން ރާއްޖެއިން އެކްސްޕޯޓްކުރާ ގިނަ މަސްވެރިކަމުގެ ބާވަތްތަކުގެ ޑިއުޓީ ހުރީ ޔޫރަޕިއަން ޔޫނިއަންގެ ޑިއުޓީއާ ދާދި އެއްވަރެއްގައެވެ. 

ރާއްޖޭގައި ލިބެން ނެތް އެއްޗެއް ނަމަ، އޭގެ ޑިއުޓީ ހުރީ ސުން ޕަސެންޓްގައި ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު އެހެން ވިދާޅުވުމުން ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މިހާރުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ އެފްޓީއޭގެ ދަށުން 296 އައިޓަމަކުން ސުން ޕަސެންޓްގައި އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެކަމުން އެނގެނީ އެ ބޭފުޅުން އެފްޓީއޭ ބައްލަވާފައިނެތްކަން ކަމަށެވެ. 

އެ އެފްޓީއޭއަކީ މަޖިލީހަށް ގެނެސް ފާސްކޮށްފައިވާ އެއްޗެއް ކަމަށާއި އެ ރަނގަޅަށް ނުބަލައި އޮތުމުން ހިތާމަ ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.