އަންހެންކުދިންނަށް ރަނގަޅު، އަދި ހެޔޮ މުސްތަގްބަލެއް ހޯދައިދިނުމަށް މިހާރު ސަރުކާރުންކުރަމުންގެންދާ މަސައްކަތް ދެ ގުނައަށް އިތުރުކުރާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވައުދުވެވަޑައިގެންފިއެވެ.

އެ މަނިކުފާނު މިގޮތަށް ވައުދުވެވަޑައިގެންނެވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ. މި ޓްވީޓްގައި ރައީސްވަނީ އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި، އެ ހައްގުތައް ރައްކާތެރިކުރުމަށް ތައުލީމު އުނގަންނައިދިނުމުގެ މުހިންމުކަމާއި، ރައްކާތެރި މާހައުލެއް ގާއިމްކުރުމުގެ މުހިންމުކަމާއި ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވީ އަންހެންކުދިންގެ ހައްގުތައް ރައްކާތެރިކުރުމަކީ އަޅުގަނޑުމެން އެންމެންގެ މުސްތަގްބަލްވެސް ބާއްޖަވެރިކުރުމަށް މުހިންމު ކަމެއްކަމަށެވެ.

ބައިނަލްއަގްވާމީ އަންހެން ކުދިންގެ ދުވަސް ފާހަގަކުރެވެނީ ކޮންމެ އަހަރަކުވެސް އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުއެވެ. 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ފާހަގަކުރެވެމުން އަންނަ މި ދުވަހުގެ މަގްސަދަކީ އަންހެން ކުދިންނަށް ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަމުން އަރައިގަތުމަށް އަންހެން ކުދިން ބާރުވެރިކުރުމެވެ. އަދި، އަންހެން ކުދިންގެ ހައްގުތައް ކުރިއަރުވައި، އެހެން ކުދިންނެކޭވެސް އެއްހަމައެއްގައި ފުރުސަތު ހޯދައިދިނުމެވެ.

މިދުވަސް ފާހަގަކުރަން އ.ދ އިން ކަނޑައެޅި، ތަފާސް ހިސާބުތަކުންވެސް ނަތީޖާގެ ހަމަހަމަކަން ހާސިލްވުމުގައި ގޮންޖެހުންތައް ހުރުމާއި މިކަންތައްތަކަށް އިސްކަމެއް ދީގެން އިތުރު މަސައްކަތް ކުރަން ޖެހިފައިވުމުންނެވެ.

2020 ވަނަ އަހަރު މި ދުވަހުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "މައި ވޮއިސް: އަވަރ އީކުއަލް ފިއުޗަރ"އެވެ. މިއީ އަންހެން ކުދިންގެ އަޑުއެހުމާއި، ހަމަހަމަ ފުރުސަތުތައް ފޯރުކޮށްދިނުމަށް ބާރުއެޅުމުގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުން ކަނޑައެޅުނު ޝިއާރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *