އެމާ ވަޓްސަން

ހޮލީވުޑް އެކްޓަރ އެމާ ވަޓްސަން ގެ އެންގޭޖް ކުރިކަމަށް ދެކެވޭ ވާހަކަ ތަކަށް އޭނާ ރައްދު ދީފިއެވެ.

އެމާ އެންގޭޖް ކުރިކަމުގެ އަޑުތަކެއް އަރާފައި ވަނީ އޭނާ އާއި ލޯބިވެރިޔާ ލިއޯ ރޮބިންޓަން އެކުގައި ނަގާފައިވާ ފޮޓޯއެއް މިދިޔަ ބުރާސްފަތި ދުވަހު ދަ ޑެއިލީ މެއިލްގައި ވަޓްސަން ގެ "ރޯމާޑް ފިއޭސީ" ކަމަށް ބުނެ ހިއްސާ ކުރުމާއި ގުޅިގެންނެވެ.

އެމާއަކީ އެނާގެ ޕާސަނަލް އަދި ޕްރޮފެޝަނަލް ލައިފްގެ ކަންކަން މާބޮޑަށް ސޯޝަލް މީޑިއާގައި ހިއްސާކުރަމުންދާ ތަރިއެއް ނޫނެެވެ. އެހެން ނަމަވެސް އެންގޭޖް ކުރިކަމަށް ދެކޭ ވާހަކަ ތަކާއި ގުޅިގެން އޭނާ މިއަދު ވަނީ ޓްވީޓްތަކެއް ކޮށްފައެވެ.

އެމާ ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ އެނާ އެންޖޭގް ކުރިތޯ ނުވަތަ ނޫންތޯ އަދި އޭނާގެ ކެރިއަރ ހުއްޓުމަކަށްއައިތޯ ނުވަތަ ނޫންތޯ، މިފަދަ ވާހަކަ ތަކަކީ ހަގީގަތް ހޯދުމަށް ދޭތެރެ ދޭތެރެއިން ކުރާ ކަމެއް ކަމަށެވެ.

އެފަދަ ހަބަރެއް އުޅޭނަމަ ފޭނުންނާއި ހިއްސާކުރާނެ ކަމުގެ ޔަގީންކަން އެމާ ވަނީ ދީފައެވެ.

މީގެ އިތުރުން އެމާ ވަނީ މި ޕެންޑަމިކްގައި އޭނާ ދުވަސްތައް ހޭދަކުރަމުންދާގޮތްވެސް ފޭނުންނާއި ހިއްސާކޮށްފައެވެ. އެގޮތުން ގޭގައި ކާއެއްޗެތި ތައްޔާރު ކުރުމާއި، ގާތް މީހުނަށް އަޅާލުމާއި އެހީތެރިކަން ދިނުމުގެ އިތުރުން ވައިރަސް ފެރުރުނަ ނުދިނުމަށްޓަކައި އޭނާއަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުންދާކަމަށް އެމާ ވަނީ ބުނެފައެވެ. އެމާ ވަނީ ވަރުބަލި ކަމެއްނެތި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ސިއްޚީ ޚިދުމަތްތެރިންގެ މަސައްކަތަށްވެސް ޝުކުރު އަދާކޮށްފައެެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.