ހުޅުމާލޭ ފޭސް ޓޫގެ ބަސް ރޫޓު ކަނޑައެޅުމާއި ގުޅޭގޮތުން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާއި އެމްޓީސީސީއާ މަޝްވަރާކޮށްފިއެވެ. 

މިއަދު ކުރިއަށް ދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ފޭސް އެކެއް އަދި އެއަރޕޯޓް ބަސް ރޫޓޫ ވެސް އިތުރަށް ރަނގަޅުކޮށް ރައްޔިތުންނަށް ލުއި ވާނޭ ގޮތްތައް ހޯދުމުގެ ގޮތުން މަޝްވަރާކޮށްފައިވެއެވެ.

މީގެ އިތުރުންވެސް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވާ މައްސަލަތަކާއި ގުޅޭގޮތުން ވާހަކަދެކެވިފައިވާ ކަމަށްވެސް އެޗްޑީސީއިން ވަނީ ހާމަކޮށްފައެވެ. އަދި މި މައްސަލަތައް ހައްލުކުރާނޭ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެވިފައިވެއެވެ. 

ހުޅުމާލޭ ރައްޔިތުންނަށް ހެޔޮއަގެއްގައި ފޯރުކޮށްދޭ ބަހުގެ ހިދުމަތް ރަނގަޅުކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް މިހާރުވެސް ވަނީ ކުރެވިފައެެވެ. އެގޮތުން، މި ސަރުކާރުން ވަނީ ހުޅުމާލޭގައި ބަސް ސްޓޮޕްތައްވެސް އިތުރުކޮށްފައެވެ.

އަދި، ފަސޭހަ ޒަމާނީ ބަހުގެ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އެމްޓީސީސީއިން ވަނީ ބަސް ދަތުރުތަކަށް "ދަތުރުކާޑު"ވެސް ތައާރަފްކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.