ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނައި ބަލިމީހަކު ލިފްޓަށް އަރުވަނީ -- ފޮޓޯ: އަލީ ނަސީރު

ކޮވިޑަށް ޕޮޒިޓިވް ވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ މީހުންގެ ތެރެއިން 15 މީހަކަށް އައިސީޔޫގައި ފަރުވާ ދެމުން ދާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ހާމަ ކުރެއްވި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު އައިސީޔޫގައި 15 މީހުން އެޑްމިޓްކޮށްފައިވާއިރު، އޭގެ ތެރެއިން 9 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގައެވެ.

އައިސީޔޫގައި އެޑްމިނޓްކޮށްފައިވާ 15 މީހުންގެ ތެރެއިން 6 މީހަކަށް ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާ ދެމުންދާއިރު، ހުޅުމާލޭ މެޑިކަލް ފެސިޓީގެ އައިސީޔޫގައި 4 މީހަކަށް ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގެ އެހީގައެވެ. އަދި ބާކީ

ރާއްޖޭގައި މިވަގުތު އެކްޓިވްކޮށް އުޅެނީ 16،997 ޕޮޒިޓިވް ކޭސްއެވެ.، އޭގެ ތެރެއިން ޖުމްލަ 268 ކޭހަކީ އެޑްމިޓް ކުރެވިގެން ފަރުވާ ދެވެމުން އަންނަ ކޭސްތަކެވެ. އެގޮތުން އެޑްމިޓް ކުރެވިފައިވާ 268 ގެ ތެރެއިން 182 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހުޅުމާލޭ މެޑިކަލް ފެސިޓީގައެވެ.

  • ދަރުމަވަންތަ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާ - 2 މީހުން
  • ދަރުމަވަންތަ ހޮސްޕިޓަވލްގެވަނަ ފަންގިފިލާ 17 - 8 މީހުން
  • އައިޖީއެމްއެޗްގެ ހިޔާ ވިންގްގައި - 9 މީހުން
  • ހުޅުމާލެ މެޑިކަލް ފެސިލިޓީ - 182 މީހުން
  • ހުޅުމާލެ ހޮސްޕިޓަލް - 36 މީހުން
  • އައްޑޫ ސިޓީ - 1 މީހަކު
  • ބ. އޭދަފުށި - 5 މީހުން
  • ށ. ފުނަދޫ - 9 މީހުން
  • ލ. ގަން - 6 މީހުން

ކޮވިޑް ޖެހިގެން ގިނަ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާއިރު، ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާތަނަށް އަރާފައިވަނީ 102 އަށް އަރާފައެވެ. އޭގެ ތެރެއިން 27 މީހުންނަކީ މޭ މަސް ފެށުނު ފަހުން މަރުވި މީހުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *