ޔުއެފާ ނޭޝަންސް ލީގުގައި ކުޅުނު މެޗުތައް ސްޕެއިން އަދި ޖަރުމަނީ ކާމިޔާބުކޮށްފިއެވެ. މި ދެ ޓީމު ވެސް ހިމެނެނީ ގްރޫޕް ޑީގައެވެ. 

ޖަރުމަނު ވަނީ 2-1 އިން ޔޫކްރެއިން ބަލިކޮށްފައެވެ. މި މެޗު ބެލުމަށް ކިއޭވްގެ އޮލިމްޕިިކް ސްޓޭޑިއަމްއަށް 20،000 ސަޕޯޓަރުން ވަނީ ވައްދާފައެވެ. މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 20 ވަނަ މިނެޓުގައި ޖަރުމަނަށް ޖަހައިދިނީ ޑިފެންޑަރު މެތިއަސް ގިންޓަރއެވެ. އެޓީމުގެ ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޖެހީ ލިއޯން ގޮރެޓްޒްކާއެވެ. މި މެޗުގައި ޔޫކްރެއިންއިން ޖެހި ހަމައެކަނި ލަނޑު 76 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އެޓީމަށް ޖަހައިދިނީ ރުސްލަން މެލިނޮވްސްކީއެވެ. 

މިއީ ނޭޝަންސް ލީގުގައި ޖަރުމަނުން ކާމިޔާބުކުރި ފުރަތަމަ މެޗެވެ. އެންމެ ފުރަތަމަ ކުޅުނު ނޭޝަންސް ލީގު އެޓީމުން ނިންމާލީ އެއްވެސް މެޗަކުން މޮޅު ނުވެއެވެ. އެހެން ނަމަވެސް މިފަހަރު އެޓީމުން ވަނީ މިހާތަނަށް ފަސް ޕޮއިންޓް ހޯދާފައެވެ. 

ސްވިޓްޒަލޭންޑާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު 14 ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މިކެލް އޮޔަރްްޒަބަލްއެވެ. 

މި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު ސްޕެއިން އޮތްއިރު ދެވަނައިގައި ފަސް ޕޮއިންޓާއެކު އޮތީ ޖަރުމަނެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ޔޫކްރެއިން އޮތްއިރު އެއް ޕޮއިންޓާއެކު ތާވަލު ފުލުގައި އޮތީ ސްވިޓްޒަލޭންޑެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.