އުތުރު ކޮރެއާއިން ބެލެސްޓިކް މިސައިލްތަކެއް ދައްކާލައިފިއެވެ. އެ މިސައިލްތައް އެގައުމުން ދައްކާލީ ވެރިކަން ކުރާ ވޯރކާސް ޕާޓީގެ 75 ވަނަ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ޕެރޭޑެއްގައެވެ. މިއީ 2018 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާއި އެގައުމުގެ ލީޑަަރު ކިމް ޖޮން އުންއާ ބައްދަލުކުރެއްވި ފަހުން އެގައުމުން މިފަދަ މިސައިލެއް ދައްކާލި ފުރަތަމަ ފަހަރެވެ.

މި ޕެރޭޑްގައި ދެއްވި ތަގްރީރުގައި ކިމް ވަނީ އެގައުމުގެ އަސްކަރިއްޔާ ވަރުގަދަކުރެއްވުމުގެ މަސައްކަތް ހުއްޓަވާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގައުމަށް ދިމާވެފައިވާ އިގްތިޞާދީ ދަތިތަކަކީ އެހެން ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ކޮވިޑް 19 އަދި ޓައިފޫންތަކުގެ ސަބަބުން ދިމާވެފައިވާ ދަތިތަކެއް ކަމަށް ވެސް ވިދާޅުވިއެވެ. 

މި ޕެރޭޑްގައި ވާހަކަ ދައްކަވަމުން ކިމް ވިދާޅުވީ ރައްޔިތުން އެމަނިކުފާނަށް ކުރެއްވި އިތުބާރުގެ ބަދަލު އެންމެ އެދެވޭ ގޮތުގައި ދެވިފައިވާ ނުވާ ކަމަށާއި އެމަނިކުފާނުގެ ސިޔާސާތުތަކުގެ ދަށުން އެގައުމުގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލުން އަރައިގަނެވިފައިނުވާ ކަމަށް ވިދާޅުވެފައެވެ. 

ދެކުނު ކޮރެއާ އަދި އެމެރިކާއިން ވަނީ އުތުރު ކޮރެއާއިން އައު މިސައިލްތަކެއް ތައްޔާރުކުރަމުންދާ ކަމަށް ބުނެފައެވެ. މި ޕެރޭޑްގައި މާޗްކުރި އެއްވެސް ސިފައިންގެ މީހަކު މާސްކް އަޅާފައިނުވާއިރު ޕެރޭޑް ބަލަން ދިޔަ ގިނަ މީހުން ތިބީ މާސްކް އަޅައިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *