މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގެސްޓް ހައުސްތައް ހުޅުވާލާއިރު އުއްމީދީ ފައިދާއަށް ވާސިލްވުމުގެ ބިންގަލަކީ އެއްބައިވަންތަކަމާއި ޒިންމާދާރުކަން ކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

މިއަދު ކުރެއްވި ޓްވީޓެއްގައި ޑރ. މައުސޫމް ވަނީ އެންމެ އަތުގުޅާލައި ފަތުރުވެރިކަން އިސްކޮށްގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ. އަދި އެގޮތަށް މަސައްކަތްކޮށްފިނަމަ ކާމިޔާބުކުރެވޭނެ ކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވިއެވެ. 

މިމަހުގެ 15 ވަނަ ދުވަހު ގެސްޓް ހައުސްތައް ހުޅުލާއިރު އެޗްޕީއޭއިން މިހާރު ވަނީ ގެސްޓްހައުސްތައް އޮޕަރޭޓް ކުރާނެ ގޮތުގެ ހާއްސަ ގައިޑްލައިން ވެސް އެކުލަވާލާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީއިން ގެސްޓްހައުސްއާ ގުޅޭ ގޮތުން އެކުލަވާލި އުސޫލުގައިވާ ގޮތުން ރަށެއްގެ ގެސްޓްހައުސްއެއް ހުޅުވާލެވޭނީ އެ ރަށެއްގެ ރައްޔިތުންގެ އިއުތިރާޒެއް ނެތް ކަމަށް އަންގައި ކައުންސިލުން އެކަން މިނިސްޓްރީއަށް އެންގީމައެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ގައިޑްލައިންގައިވާ ގޮތުން ގެސްޓް ހައުސް ހިންގާ ރަށަކުން ގެސްޓް ހައުސް ނުހިންގާ ރަށަކަށް އެއްވެސް ފަތުރުވެރިއަކަށް ނުދެވޭނެއެވެ. ގެސްޓްހައުސް ހިންގާ އެހެން ރަށަކަށް ނުވަތަ ރިސޯޓަކަށް ފަތުރުވެރިންނަށް ދެވިދާނެއެވެ. ސަފާރީތަކަށް ދިޔުން މަނަލެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *