ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ޅ. އޮޅުވެލިފުށީގައި ސޯލާ ފޮޓޯވޮލްޓައިކްސް (ޕީވީ) ޕްރޮޖެކްޓެއް ފަށައިފިއެވެ. 

އެ ކޯޕަރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓް ނިމުމާއެކު 12 މެގަވޮޓްގެ ކަރަންޓް އަވިން އުފެއްދިގެން ދާނެއެވެ. އަދި މިއާއެކު އަހަރެއްގެ މައްޗަށް 47.5 މިލިއަން ރުފިޔާ ސަލާމަތްކުރެވޭ ކަމަށާއި ޖައްވަށް ބޭރުކުރާ ކާބަންގެ ތެރެއިން 16.5 ޓަން މަދުކުރެވިގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ. މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް މިހާރު ވެސް ފެށިފައިވާ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ. 

ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ވަނިީ މި ޕްރޮޖެކްޓް 18 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ. 

މިއީ ފެނަކައިން ތެލަށް ކުރާ ހަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލްވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ.

ރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކެކެވެ. އެގޮތުން ބައިނަލްއަގްވާމީ ދުނިޔޭގައި ވެސް އިޔާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރާ އެއް ގައުމަކީ ރާއްޖެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.