އައްޑޫ ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ މަސްތުވާތަކެތީ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން އިތުރު ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފި އެވެ.

ފުލުހުން ބުނި ގޮތުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވަނީ ސ. ހިތަދޫ/ ފިނިފަރު، ހަސަން އާމިރު (25އ) ، އާއި ސ. ހިތަދޫ/ބުލޫބާރޑް، ހޫދު ލަތީފް (24އ) އާއި ސ. ހިތަދޫ/މަންދޫބުގެ، ހުސައިން ސިމާހު (27އ) އެވެ.

އެ މީހުންގެ ތެރޭގައި ހިމެނޭ ހޫދު ލަތީފްއަކީ މި މައްސަލައާ ގުޅިގެން މިދިޔަ ބުދަ ދުވަހު ހައްޔަރު ކުރި މީހެއް ކަމަށާއި އަނެއް ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައި ވަނީ އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކަމަށް ފުލުހުން ބުންޏެވެ.

މިއާއެކު އައްޑޫ އޮޕަރޭޝަންއާ ގުޅިގެން ޖުމްލަ ފަސް މީހަކަށް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެެހެއްޓުމަށް އަމުރުކޮށްފައެވެ. މީގެ ކުރިން ބަންދުކޮށްފައި ވަނީ ސ. ހިތަދޫ/ފިނިފަރު، އަބްދުﷲ އިބްރާހިމް (33އ) އަދި  ސ. ހިތަދޫ/ކޯޅި، މުހައްމަދު ޔާމީން ނަސީރު (23އ) އެވެ. 

މިމަހު ފުރަތަމަ ދުވަހުން ފެށިގެން އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ މި އޮޕަރޭޝަނުގައި މިހާތަނަށް ޖުމްލަ 16 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ތަހުގީގަށް އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ އަށް މީހަކު ވަނީ ދޫކޮށްލާފައެވެ.

މި މައްސަލާގައި ހައްޔަރު ކުރި އަބްދުﷲ އިބްރާހީމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޝަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޝަން ގުޅިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ވަގުތީ ބަރުދަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައި ވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *