މާފަންނު މަދަރުސާގައި ކޮވިޑް-19އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނެގުމަށް ހުރި އަންހެން މީހަކަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފިއެވެ. 

ފުލުހުން ބުނީ އެ މައްސަލަ ރޭ ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މައްސަލަ ބަލަމުންދާ ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާއަށް ފުލުހަށް ގޮސް ހުށަހެޅި މައްސަލާގައި މެންބަރު އިކްރާމް، އޭނާގެ ގައިގާ ދެ ފަހަރަށް ޖެހި ކަމަށް ވަނީ ބުނެފައެވެ. އަދި، ވަރަށް ހަޑިކޮށް އޭނާއާ މުހާތަބު ކުރި ކަމަށް ވަނީ ބުނެފައެވެ. 

މިކަން މެންބަރު އިކްރާމް ދޮގު ކުރައްވައެވެ. އިކްރާމް ވިދާޅުވީ ކޮވިޑް ސާމްޕަލް ނެގި ވަގުތު އަމަލު ކުރޮ ގޮތުން ތަދު އިހުސާސް ކުރެވުމުން ސާމްޕަލް ނެގުމަށް ބޭނުން ކުރާ ކަފަބުރު ނެގުމަށް އަތް ދުރުކޮށްލި ކަމަށެވެ. އަދި ހިތްހަމަ ނުޖެހިގެން އެމީހާގެ ނަން އޮޅުންފިލުވި ކަމަށެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް ނުހިނގާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *