މިހާރު އޮތް ދަރަނިތަކަށް އޮތް ހައްލެއް ކަމަށް ފެންނަނީ އެއްވެސް ޖޫރިމަނާއަކާ ނުލާ އަލުން ދަރަނި، ރީސްޓްރަކްޗާ ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަން ޖެހޭއިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. 

"2012-2018 އާ ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން މި ޖެހެނީ ރައީސް ސޯލިހުގެ ސަރުކާރަށް، އަދި މިވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ނަޝީދު ވިދާޅުވީ އެންމެ ގިނައިން ދަރަނި ދައްކަން ޖެހެނީ 2021 - 2023 އާ ދެމެދު ކަމަށާއި އެހެންވީމަ އަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012 - 2018 ގެ ދަރަނި އިތުރު ޖޫރިމަނާއަކާ ނުލާ ރީސްޓްރަކްޗާ ކުރުން ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.