ރާއްޖޭގެ ކުރީގެ އެޓަރނީ ޖެނެރަލް އާއިޝަތު އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި މަނީލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފިއެވެ. 

އާޒިމާގެ މައްޗަށް އުފުލާފައިވާ ދެ ދައުވާއަކީވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓްތަކުން ފައިސާ ލޯންޑަރ ކުރުމުގައި ޝާމިލުވި ކަމުގެ ތުހުމަތުގައި އުފުލޭ ދެ ދައުވާއެކެވެ. މިގޮތުން، ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާވި މައްސަލައިގައި އާޒިމާއާ ސުވާލުކުރުމުން، ދޮގު މައުލޫމާތުދީފައިވުމުންނެވެ. 

މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިންކަމުގެ ދައުވާ އުފުލާފައިވަނީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާނުކޮށް، އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔެކިޔުން ހޯދުމުގައި އާޒިމާ މަސައްކަތްކޮށްފައިވާތީ، އެއީ ފައިސާގެ އަސްލު އޮޅުވާލުމަށް ކޮށްފައިވާ މަސައްކަތަކަށްވާތީއެވެ.

މި މައްސަލައިގެ އަޑު އެހުމެއް ސެޕްޓެމްބަރު މަހުގެ 27ވަނަ ދުވަހުވެސް ބޭއްވުނުއިރު، އެ އަޑުއެހުން ކުރުކޮށްލީ ސިއްހީ ސަބަބުތަކަށްޓަކާ ހޮސްޕިޓަލަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައިވާކަމަށް އާޒިމާ ވިދާޅުވުމުންނެވެ. އާދީއްތަ ދުވަހުގެ އަޑު އެހުން ޝެޑިއުލް ކޮށްފައިވަނީ މެންދުރު 13:30 އަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *