ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 22،007 ފަތުރުވެރިން އައިސްފައިވާ ކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

އެމިނިސްޓްރީއިން ކޮންމެ ހަފްތާއަކު ނެރޭ ތަފާސް ހިސާބުތައް ދައްކާގޮތުން ބޯޑަރު ހުޅުވާލިފަހުން އެއް މަހުން އަނެއް މަހަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. އެގޮތުން ޖުލައި މަހު 1752 ފަތުރުވެރިން އައިއިރު އޮގަސްޓް މަހު 7628 ފަތުރުވެރިން އައިސްފައިވެއެވެ ސެޕްޓެމްބަރު މަހު 9538 ފަތުރުވެރިން އައިސްފައިވާއިރު އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހާ ހަމަޔަށް 3140 ފަތުރުވެރިން އައިސްފައިވެއެވެ. 

ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނައިން އައިސްފައިވަނީ ރަޝިއާގެ ފަތުރުވެރިންނެވެ އެގޮތުން އެގައުމުގެ 3598 ފަތުރުވެރިޔަކު ރާއްޖެ އައިސްފައިވެއެވެ ދެވަނައިގައި ޔުނައިޓެޑް އަރަބި އެމިރޭޓްސް އޮތްއިރު ތިންވަނައިގައި އޮތީ އެމެރިކާއެވެ. އަދި ހަތަރުވަނައިގައި އިނގިރޭސިވިލާތް އޮތްއިރު ފަސްވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސްޕެއިނުންނެވެ. 

މިހާތަނަށް ބޯޑަރު ހުޅުވާލިފަހުން ވަނީ 242 ފްލައިޓް މޫވްމަންޓް ރެކޯޑް ކުރެވިފައެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން ވަނީ ބޯޑަރ މައިލްސް ޕްރޮގްރާމެއް ތާރަފްކޮށްފައެވެ. އަދި ދެކުނު އޭޝިއާގެ އެންމެ ފުރަތަމަ އެއަރ ބަބަލް ވެސް ރާއްޖެ އަދި އިންޑިއާ އާ ދެމެދު ވަނީ ގާއިމްކުރެވިފައެވެ. 

ކޮވިޑް 19 ކޮންޓްރޯލްކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *