ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ އަބުރާ ބެހުނަސް ދައުވާ ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްއުސްތާޛް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ. 

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަބުރުގެ ދައުވާ ކުރުމުގެ ފުރުސަތު ދައުލަތުގެ އިސް މަގާމުތަކަށް އިންތިހާބުވާ ނުވަތަ އައްޔަނުކުރެވޭ ފަރާތްތަކަށް އޮވެގެން ނުވާނެ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރާއި، ގާނޫނޫ ހަަ މަޖިލީހާއި ޖުޑީޝިއަރީ އަދި މިނިވަން މުއައްސަސާތައް ހިމެނޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އެހެން ނަަމަވެސް އާއްމު ރައްޔިތުންނަށް އެ ފުރުަސަތު އޮންނަން ޖެހޭނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ. 

އެހެން ނަމަވެސް ފައްޔާޒް ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ އަބުރަށް ގެއްލުން ލިބޭ ފަދަ ގޮތަކަށް އާއްމުކުރެވޭ މައުލޫމާތު ރަނގަޅު ކުރުމާއި މާފަށް އެދެން އެންގުމަށް ދައުވާ ކުރުމުގެ ފުރުސަތު ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވެސް އޮންނަން ޖެހޭ ކަމަށެވެ. 

އެގޮތުން މަގާމުތަކާއި ހަވާލުވާއިރު އެފަދަ ތުހުމަތުތައް އަންނާނެކަން ގަބޫލުކުރަން ޖެހޭ ކަމަށާއި އެއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރެވޭ ކަމެއް ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

އަބުރާއި ބެހުމާ ގުޅޭގޮތުން ފައްޔާޒް ވާހަކަ ދައްކަވާފައިވާއިރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ ތެރޭގައި އަބުރުގެ ބިލެއް ހިމެނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *