އިންޑިއާ އާ ދެކޮޅަށް ހިންގާ ހަރަކާތުގެ ދިދައަކަށް އައިސިސްގެ ކަޅު ދިދަ ބޭނުންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އެ ހަރަކާތުގައި މިހާރު ބޭނުންކުރާ ދިދައިގައި ވާ ލިޔުން، އައިސިސް ދިދައިގެ ލިޔުމަށް ބަދަލުކުރުމަށް ރޭވުމަކީ މި ބާވަތަގު މުއާމަލާތުގެ އާއްމު އުކުޅެއް ކަމަށް މާހިރުން ދެކޭ ކަމަށެވެ. ރައީސް ނަޝީދު ވަނީ މިކަމާއި ގުޅިގެން ދިވެހިން ވިސްނެވުމަށް އެދިވަޑައިގެންފައެވެ. 

ދާދިފަހުން ދެއްވި ޕްރެސް ކޮންފަރެންސެއްގައި ރައީސް ނަޝީދު ވަނީ އިންޑިއާ އައުޓް ހަރަކާތަކީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް އިސްވެ އޮވެ ހިންގާ ކެމްޕޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އެއީ ބައިނަލްއަގްވާމީ ދުނިޔެއިން ރާއްޖެ އެކަހެރިކުރުމަށް ހިންގާ ކެމްޕޭނެއް ކަމަށް ވެސް ވިދާޅުވިއެވެ. 

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު "އިންޑިއާ އައުޓް" ޖަހާފައިވާ ކަޅު ދިދަތަކެއް ބައެއް ރަށްރަށުގައި ނަގާފައިވާ ފޮޓޯތަކެއް އަންނަނީ ދައުރުވަމުންނެވެ. އައިސިސްގެ ދިދައިގައި ވެސް ބޭނުންކުރަނީ ކަޅު ކުލައެވެ. 

ސޯޝަލް މީޑިއާގައި އިންޑިއާ ދެކޮޅަށް މައިގަނޑު ގޮތެއްގައި އަޑުއުފުލަމުންދަނީ އިދިކޮޅު ފަރާތްތަކުންނާއި ފޭކް އެކައުންޓްތަކުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *