ހުޅުމާލެ މެޑިކަލް ފެސިލިޓީ

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު ފެތުރެމުން އަންނައިރު، އެ ބަލީގައި މިއަދު ތިން މީހަކު މިހާތަނަށް މަރުވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިއަދުގެ ފުރަތަމަ މަރަކީ 02:38 ގައި މަރުވި ދިވެހި ފިރިހެނެކެވެ. އެއީ އުމުރުން 81 އަހަރުގެ މީހެއްކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭނާއަށް ފަރުވާދެމުންގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.

އޭގެއިތުރަށް ދެން މިއަދުގައި މަރުވެފައިވަނީ 30 އަހަރުގެެ ދިވެހި އަންހެނެކެވެ. އޭނާއަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ މީހެކެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މިއަދުގެ ތިންވަނަ މަރަކީ 15:10 ގައި މަރުވި ދިވެހި ފިރިހެނެކެވެ. މިއަދު ހަވީރު މަރުވި ދިވެހި ފިރިހެނަކީ އުމުރުން 83 އަހަރުގެ މީހެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އޭނާއަށް ފަރުވާދެމުންގެންދިޔައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ.

މި ތިން މަރާއެކު، ރާއްޖެއިން ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 97 އަށް އަރާފަ އެވެ.

މެއި މަސް ފެށުނު އިރު ކޮވިޑުގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 73 އެކެވެ. ނަމަވެސް މަހުގެ ފުރަތަމަ ފަނަރަ ނިންމާލިއިރު އެ އަދަދު ވަނީ 94 އަށް އަރާފަ އެވެ.

ބަލީގައި މަރުވާ ނިސްބަތް ރާއްޖޭގައި އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު، ރިޕޯޓުކުރެވޭ ކޭސްތަކަށްވެސް ބަދަލެއް ނާދެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.