ބެލަރުސްގެ އިދިކޮޅު ލީޑަރު ސްވެޓްލާނާ ޓިކަނޮވްސްކާޔާގެ ނަން ރަޝިޔާގެ ވޯންޓެޑް ލިސްޓުގައި ހިމަނައިފިއެވެ. މިކަން އިއުލާންކުރެއްވީ ރަޝިއާގެ އިންޓީރިއަ މިނިސްޓަރެވެ.

ޓިކަނޮވްސްކާޔާއާ ދެކޮޅަށް ކުރެވޭ ތުހުމަތުތަކުގެ މައުލޫމާތު ރަޝިޔާއިން ހާމަކޮށްފައިނުވާއިރު، ބެލެވޭ ގޮތުން ޓިކަނޮވްސްކާޔާ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ ބެލަރުސްގެ ސަރުކާރުންނެވެ. ބެލަރުސް ސަރުކާރާއި ރަޝިޔާ ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން، ރަޝިޔާގެވެސް ވޯންޓެޑް ލިސްޓުގައި ޓިކަނޮވްސްކާޔާ ހިމެނުނީއެވެ.

ޓިކަނޮވްސްކާޔާ މިވަގުތު ދިރިއުޅެމުންދަނީ ލިތުއޭނިއާގައި ނަމަވެސް މިހާރު ހުންނެވީ ޖަރުމަނުގައެވެ. ލިތުއޭނިއާއަށް ބަދަލުވުމަށް ނިންމެވީ ބެލަރުސްގެ އިންތިހާބުން ބަލިވުމުގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެކަމުގެ ބިރު ހީވުމުގެ ސަބަބުންނެވެ. ޓިކަނޮވްސްކާޔާ ދަނީ ޖަރުމަނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ބެލަރުސްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމަށް މަސައްކަތް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.