ކުރު މުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މަޝްރޫއު އެއްފަހަރާ ހިންގަމުންދަނީ މި ސަރުކާރުން ކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއަރމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ. 

މި މޭރުމުން ޓްވީޓް ކުރައްވަމުން ޒަރިޔަންދު ވިދާޅުވީ މިވަގުތު ކަރަންޓާރި ފެނާއި ނަރުދަމާއާއި ބަނދަރު އަދި ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށް އަމާޒުކޮށްފައިވާ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގޭކަމަށެވެ. މިއީ ދިވެހިރާއްޖޭގެ ތާރީހުގައިވެސް މިހާ ގިނަ މަޝްރޫއު އެއްފަހަރާ ހިންގޭ ފުރަތަމަ ފަހަރެވެ. 

މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ 1،055 މަޝްރޫއު ހިންގެއެވެ. މީގެ ތެރެއިން އެންމެ ގިނަ މަޝްރޫއު ހިންގެނީ ޖަޒީރާ ދިރިއުޅުމެއް ގާއިމްކޮށްދިނުމަށެވެ. ރަށްތަކަށް އިންވެސްޓްކޮށް، ރަށްރަށުގައި އުޅޭ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ވައުދެވެ. 

ރިޔާސީ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކޮށްދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މީގެ އިތުރުން އުމްރާނީ ތަރައްގީއަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ހިންގުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް މި ސަރުކާރުން އަންނަނީ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *