އެމްޑީޕީ ސަރުކާރުގެ އޮޑިއެއް ނުފެތޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށްފަހުއެވެ. 

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މި އޮޑިއެއް ނުފެތޭނެ، އަޅުގަނޑުމެންނަށް ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެނެވޭނެ،" ކަމަށެވެ. 

"ރައްޔިތުންނަށް ހެޔޮ ގޮތް ހޯދައިދެވޭނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. 

ރައީސް ސޯލިހާއި ރައީސް ނަޝީދުގެ މި ބައްދަލުވުމަކީ ރައީސް ނަޝީދާއި ސަރުކާރާ ހިޔާލު ތަފާތުވެފައިވާ ކަމަށް އަޑު ފެތުރިފައިވަނިކޮށް ބޭއްވި ބައްދަލުވުމެކެވެ.

އާންމުކޮށް ހިޔާލު ތަފާތުވުންތަކަށްފަހު ރައީސް އާއި ރައީސް ނަޝީދު ބައްދަލު ކުރައްވައި މިގޮތަށް ފޮޓޯ އާންމު ކުރައްވައެވެ.

ބައްދަލުވުމަށްފަހު ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދާއެކު ބޭއްވި ބައްދަލުވުމުގައި ގިނަ ކަންތައްތަކާމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.

"ކޯވިޑް 19 އާއި އިޤްތިޞާދީ ދަތިކަމުން އަރައިގަތުމަށް ސަރުކާރާއި މަޖްލިސްއެކީގައި މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރިން. ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން ކުރިއަށް ދާނީ ރަނގަޅު މިސްރާބަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެމެދު އެންމެ ބޮޑަށް ހިޔާލު ތަފާތުވެފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މަގާމުން ދުރުކުރުމުގެ މައްސަލާގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *