ބޭންކް އޮފް މޯލްޑިވްސް (ބީއެމެއެލް)ގެ ރިސްކް ހެޑްގެ މަގާމުގައި ހުންނެވި ޔާމީން އާދަމް އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ. 

ރިސްކް ހެޑްގެ މަގާމުން ޔާމީން އިސްތިއުފާދެއްވީ ސެޕްޓެމްބަރު މަހުގެ 29ވަނަ ދުވަހުއެވެ. ޔާމީން އަކީ ބީއެމްއެލްގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މުވައްޒިފުންގެ ތެރެއިން މުވައްޒިފެކެވެ. އެގޮތުން، ގާތްގަނޑަކަށް 30 އަހަރު ބީއެމްއެލްގައި އޭނާ މަސައްކަތްކޮށްފައިވެއެވެ.

ޔާމީން އާދަމްވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ބީއެމްއެލް ދިފާއުކޮށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މީގެ ކުރިން ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. މަޖިލީހުގައި ބީއެމްއެލް ދިފާއުކުރުމުގައި ބޭންކުގެ އޮފިޝަލުން ދޮގު ހެދިކަމަށް މެންބަރުން ވަނީ އޭރު ތުހުމަތުކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.