އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހްމަދު އަކްރަމް އަށް ކޮވިޑް-19 ޖެހިއްޖެ އެވެ.

"ޖަޒީރާ ނިއުސް" އާ ވާހަކަ ދައްކަވަމުން އަކްރަމް މިއަދު ވިދާޅުވީ އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އިނގުނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. 

އޭގެ ކުރިން އިއްޔެ ވެސް އޮފީހަށް ވަޑައިގެންނެވި ކަމަށާއި އެހެންނަމަވެސް އެއްވެސް ބޭފުޅަކާ ދިމާ ނުވާ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި މިދިޔަ ހޯމަ ދުވަހު ބޭއްވި އީސީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެ ކޮމިޝަންގެ ބައްދަލުވުންތައް ބާއްވަނީ ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާ އެއްގޮތައް މާސްކު އަޅައިގެން ގައިދުރުކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 10،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *