ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑަކީ ތަފާތު މޮޅު ކުޅުންތެރިޔެއް ކަމަށާއި އެކަން އޭނާ ރެއާލް މެޑްރިޑްގައި ސާބިތުކޮށްދޭނެ ކަމަށް ކްރޮއޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ބުނެފިއެވެ. 

މިދިޔަ އަހަރު ރެއާލްއަށް ބަދަލުވުމަށްފަހު ތަކުރާރުކޮށް ދިމާވަމުން އަންނަ އަނިޔާގެ މައްސަލަތަކުގެ ސަބަބުން ހަޒާޑަށް ރެއާލްގައި މާ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ކްރިސްޓިއާނޯ ރޮނާލްޑޯއަށްފަހު ރެއާލްގެ އެޓޭކްގެ އެންމެ އިސް ރޯލު ދިނުމަށް ގެނައި ހަޒާޑްގެ ފަރާތުން ފެނިގެންގޮސްފައިވަނީ އެންމެ ލަނޑެކެވެ. 

ސްޕެއިންގެ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން މޮޑްރިޗް ބުނީ ހަޒާޑް މިވަގުތު ހުރީ ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށާއި އެހެން ނަމަވެސް އޭނާއަކީ މޮޅު ކުޅުންތެރިޔެއް ކަމަށްވުމާއެކު އެކަން އޭނާ ރެއާލްގައި ސާބިތުކޮށްދޭނެ ކަމަށެވެ. އޭނާއަށް މިކަން ކުރަން އޮތް ހަމައެކަނި ހުރަހަކީ އިންޖަރީތައް ކަމަށާއި އޭނާ ފިޓުކޮށް ހުރިއިރު އޭނާއަކީ ޓީމަށް މުހިންމު ކުޅުންތެރިޔެއް ކަމަށެވެ. 

ހަޒާޑަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިޔެއް ކަމަށާއި ރެއާލްއިން އޭނާ ހޯދުމަށް އެހާ ބޮޑު ފީއެއް ދެއްކީ އެކަމުގެ ސަބަބުން ކަމަށް މޮޑްރިޗް ބުންޏެވެ. 

ހަޒާޑް ރެއާލް މެޑްރިޑަށް ގެނެސްފައިވަނީ 100 މިލިއަން ޔޫރޯއަށެެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *