ކްރިގިސްތާންގެ ބޮޑު ވަޒީރު ކުބަޓްބެކް ބޮރޮނޮވް އަދި އެގައުމުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސްތިއުފާދެއްވައިފިއެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. 

މިއީ އާދީއްތަ ދުވަހު އެ ގައުމުގައު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާކަމަށް ބުނެ ބޮޑު ވަޒީރު އިސްތިއުފާ ދިނުމަށް ގޮވާލާ އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން މުޒާހަރާ ކުރުމުގެ ނަތީޖާއެވެ. ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ ޝަކުވާކުރުން ގިނަވެ ރައްޔިތުން މުޒާހަރާ ކުރުމުގެ ސަބަބުން، އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ވަނީ އާދީއްތަ ދުވަހުގެ އިންތިހާބު ބާތިލްވެސް ކޮށްފައެވެ. 

ހޯމަ ދުވަހު ފެށިގެންދިޔަ މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން، އެ ގައުމުގެ ސިފައިން ވަނީ ކަރުނަ ގޭސް އަދި ރަބަރު ވަޒަން ބޭނުންކޮށްފައެވެ. މީގެ ސަބަބުން 19 އަހަރުގެ މީހެއް މަރުވެ އިތުރު 590 މީހުންނަށް އަނިޔާވެފައިވެއެވެ. 

އަންގާރަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމެއްގައި، ބޮޑު ވަޒީރު ކަމުގެ މަގާމަށް ވަގުތީ ގޮތުން އައްޔަން ކޮށްފައިވަނީ އިދިކޮޅު ލީޑަރު ސަޑީރް ޒަޕަރޮވްއެވެ. ޒަޕަރޮވް ކުރިން ދިޔައީ، 2013 ވަނަ އަހަރު ސަރުކާރު މުވައްޒިފެއް ރަހީންކުރި ކަމުގެ ތުހުމަތުގައި 11 އަހަރާއި 6 މަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ. އެހެންނަމަވެސް، މުޒާހަރާތަކުގެ ސަބަބުން ދޫކޮށްލީއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.