އިންޑިޔާއާ ގުޅުން ބާއްވަން ދިވެހިން ބޭނުންވާ ކަމަށް ބުނެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިޔާ ދިފާއު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އިންޑިޔާ ސަރުކާރާއި ރާއްޖެ ދެމެދުވެފައިވާ އެއްބަސްވުމަކާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ކުއްލި މައްސަލައެއް ހުށަހެޅުއްވުމުންނެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއާއި އިންޑިއާ ގުޅުން ބާއްވަން ދިވެހިން އެދޭ ކަމީ އެމަނިކުފާނު ކުޑަވެސް ޝައްކު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެކަމާ ދެކޮޅަށް އުޅެނީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރެއްވި އެވެ. 

"ހައްދުފަހަނަ އަޅާފައިވާ ބަޔަކު ހިންގާ ކެމްޕެއިންއެއް. އޭގެ ބޭނުމަކީ ބައިނަލްއަގުވާމީ ގައުމުތަކާ އެކަހެރިކުރުން. އައިސިސް އާއި އަލްގައިދާގެ ވާހަކަ. އެ މީހުންގެ ތަސައްވަރެއް ވޭ ރާއްޖެ ހިފުމުގެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ މަސައްކަތުގައި ސިޔާސީ ޕާޓީތަކެއް ހިމެނޭ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ރައްޔިތުން އަދިވެސް އެދެނީ ހާއްސަ ގޮތެއްގައި އިންޑިޔާއާއެކު ގުޅުން ބަދަހި ކުރުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މި ވާހަކަފުޅަށް ފަހު އިންޑިޔާއާ ގުޅޭ ގޮތުން ޝީޔާމް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަނެވޭކަށް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 

އާންމު ގޮތެއްގައި ކުއްލި މައްސަލަ ބަލައިގަނޭތޯ ނުވަތަ ނޫންތޯ ނިންމާނީ މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ. އެހެން ނަމަވެސް މި މައްސަލާގައި ވޯޓެއް ނުނަގާއިރު، އެ ގަރާރު ހުށަހެޅުއްވުމަށް މެންބަރަށް ފުރުސަތު ވެސް ނުދެއްވަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *