ސ. ފޭދޫ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމަށް ތައްޔާރުވެއްޖެއެވެ. އެ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރަމުންދަނީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.

މި ދަނޑުގައި ޓާރފް އެޅުމަށް ބޭނުންވާ ސަބް ބޭސް ތައްޔާރުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ދަނޑުގެ ސަބް ބޭސް މަސައްކަތް ނިމުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. 

ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ޔޫތު މިނިސްޓްރީއިން އެމްޓީޓީސީއާ ހަވާލުކޮށްފައިވަނީ ދަނޑު އޮންނަ މިސްރާބު ބަދަލުކޮށް އަލުން ސަބްބޭސް ގާއިމްކުރުމަށެވެ. އެގޮތުން، ޗަކަތައް ނަގައި އާ ފަސްއަޅައި އެ ސަރަހައްދު ލެވެލް ކޮށްފައިވެއެވެ. މީގެ އިތުރުންވެސް، ދަނޑުގެ ފެން ހިންދުމުގެ ނިޒާމެއް ގާއިމްކޮށް، ޕޭވްމެންޓް ގާތައް ވެސް އެމްޓީޓީސީއިން ވަނީ އަޅާފައިވެއެވެ. މި މަސައްކަތަށް ގާތްގަނޑަކަށް 2.65 މިލިއަން ރުފިޔާ ހަރަދުވެފައިވެއެވެ.

އެ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް އަމީން ކޮންސްޓްރަކްޝަނާއި ހަވާލުކޮށްފައިވަނީ 4.53 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ކުރުމަށް އެ ކުންފުންޏާއި ހަވާލުކުރެވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.