މަނީލޯންޑަރިންގެ ކުށް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު އަދިވެސް ދައުލަތައް ދައްކާފައި ނުވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިހެން ވިދާޅުވީ ރައީސް ޔާމީން ދައުލަތައް ދައްކަން ޖެހޭ ފައިސާ ދައްކާފައިވޭތޯ ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. 

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ ރައީސް ޔާމީން މިހާތަނަށް ވެސް ފައިސާ ނުދައްކަވާ ކަމަށެވެ. އަދި އެ ފައިސާ ހޯދަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށް އަމީރު ވިދާޅުވި އެވެ.

"ރައީސް ޔާމީން ފައިސާ ދެއްވިކަން އެނގިފައި ނުވޭ، ދައުލަތުގެ އެންފޯސްމަންޓް މެކޭނިޒަމްގެ ތެރެއިން އެ [ފައިސާ އަނބުރާ ހޯދުމުގެ] މަސައްކަތް ކުރަމުން ގެންދަން،" އަމީރު ވިދާޅުވި އެވެ.

މަނީލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރު ދެއްކުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރު ނޮވެމްބަރު 28 ގައެވެ. އެ ފައިސާ އަދިވެސް ނުދައްކާތީ އެޓާނީ ޖެނަރަލް އޮފީހުން ވަނީ އެ ފައިސާ ހޯދަން ކޯޓަށް ހުށަހަޅަން ވެސް ނިންމައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *