ތ.ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މިކަން ހާމަކޮށްފައިވަނީ މި މަސައްކަތް ކުރަމުންގެންދާ އެމްޓީީސީސީއިންނެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ޑިޒައިން އެންޑް ބިލްޑް އުސޫލުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއަށް 46 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

ތ. ގުރައިދޫގައި ބޭނުންކުރަމުން އަންނަ ބަނދަރަކީ މީގެ 20 އަހަރު ކުރިން އެޅި ބަނދަރެކެވެ. އެ ބަނދަރު އެއްކޮށް ހަލާކުވެ ރައްޔިތުންނަށް އަރައި ފޭބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން 2014 އަދި 2015 ވަނަ އަހަރުވެސް ބަޖެޓުގައި ބަނދަރު ހެދުމަށް ހިމެނި ނަމަވެސް، އަމަލީ މަސައްކަތް ފަށާފައެއް ނުވެއެވެ. އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1 އޮކްޓޯބަރު 2019 ގައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *