މާޝަލް އާރޓްސްގެ ގައުމީ އެސޯސިއޭޝަނެއް ހެދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ. 

މިއަދު ކުރެއްވި ޓްވީޓެއްގައި މިނިސްޓަރ މަހްލޫފް ވިދާޅުވީ މާޝަލް އާރޓްސްގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ގައުމީ މާރޝަލް އާޓްސް އެސޯސިއޭޝަނެއްގެ އިތުރުން ގައުމީ މާރޝަލް އާޓްސް ސެންޓަރެއް ހުޅުމާލޭގައި ހުޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ. ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމްގައި ކުރިޔަށް ގެންދާ މާރޝަލް އާޓްސް ކްލާސްތައް މަހްލޫފް ވަނީ ރޭ ބައްލަވާލައްވާފައެވެ. 

އެތަނުގައި މާރޝަލް އާޓްސް ކްލާސްތައް ހިންގުމަށް ދޫކޮށްފައިވަނީ ވަރަށް ފަހުންނެވެ. އެގޮތުން އެތަން ދޫކޮށްފައިވަނީ ޝޮޓޮކަން ރިޔޫ ކަރާޓޭ ޑެ އެސޯސިއޭޝަންއަށެވެ. ޝާރކްސް މާޝަލް އާރޓްސް އެކަޑަމީ، ކޫޑޯ މޯލްޑިވްސް، މޯލްޑިވްސް ޓައިކްވަންޑޯ ފެޑެރޭޝަން، މޯލްޑިވްސް އައިކިޑޯ އެސޯސިއޭޝަން، ކްރޭވް މެގާ އަދި މޯލްޑިވްސް ވޫޝޫ ފެޑެރޭޝަންއިން ވެސް އެތަން ބޭނުންކުރާނެ ކަމަށް ޔޫތު މިނިސްޓްރީއިން ވަނީ ބުނެފައެވެ. 

މި އެސޯސިއޭޝަންތަކަށް ހުޅުމާލެ މިނީ ސްޕޯޓްސް ކޮމްޕްލެކްސްގެ ޖިމް ދޫކޮށްފައިވަނީ މިއަހަރުގެ ނިޔަލަށެވެ. އަދި އެ އެސޯސިއޭޝަންތަކަށް ޖިމް ދޫކޮށްފައިވަނީ އެއްވެސް އަގެއް ނުނަގައެވެ. މި އެއްބަސްވުމާއެކު އެތަނުގައި މާޝަލް އާރޓްސް ކިޔަވައި ދިނުމުގެ ތިއަރީ ކްލާސްތަކާއި، ޕްރެކްޓިކަލް ސެޝަންތައް ހިންގުމާއި އަދި އެކަމާއި ގުޅޭ އިމްތިހާންތަކާއި، މާޝަލް އާޓްސްގެ އެކިއެކި ހުނަރު ދައްކާ ޕްރޮގްރާމްތަކާއި މުބާރާތްތައް ބޭއްވުމަށް މިހާރު ވަނީ މަގުފަހިވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.