ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން

ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް ކަމަށްވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގައި ޝާމިލްވާ ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އިސްވެރިންނާއި މުވައްޒިފުންނަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މި ހިޔާނާތުން މަންފާވި މީހުންގެ ލިސްޓް އާންމުކޮށްފައެވެ. މި މައްސަލަ ދިރާސާކުރަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީން އެވެ. މި ލިސްޓް އާންމުކުރީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ޚިޔާނާތުގެ މައްސަލަ ދިރާސާކުރަމުންދާ މަޖިލީހުގެ ކޮމިޓީގެ ރިޕޯޓާއިއެކު އެ ލިސްޓު އާންމުކުރުމަށް ކޮމިޓީއިން ނިންމުމުންނެވެ.

ގިޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ މުޅި މައްސަލަ ހިންގުވުމަށް އެހީތެރިވެދެއްވި އަސްލު މީހުން އަދި ތިބީ ކަމަށް ވިދާޅުވެ އޭރުގެ ބީއެމްއެލް އަދި އެމްއެމްއޭގެ ވެރިން ފެންވަރުގެ ޒިންމާދާރު މީހުންނާއި މުވައްޒަފުންގެ އިހުމާލު ވެސް ބަލައި ފިޔަވަޅު އަޅައި ދިނުމަށް ގޮވާލާފައެވެ.

ކޮމިޓީން އާންމު ކުރި ލިސްޓުގައި 119 ފަރާތެއް ހިމެނެއެވެ. މިއީ ދައުލަތުގެ މަގާމުތަކުގައި ތިބެގެން ޚިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ލިސްޓެވެ. މި ލިސްޓުގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ހިމެނެއެވެ. އެގޮތުން 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގެ 58 މެމްބަރުން މި ލިސްޓުގައި ހިމެނެއެވެ.

އޭގެ ތެރޭގައި ބީއެމްއެލް އަދި އެމްއެމްއޭގެ އިސް ވެރިޔެއްގެ ނަން ހިމެނިފައިނުވެއެވެ. މިފަދަ ބޮޑު ހިޔާނާތެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ހިންގުމުގެ މަރުކަޒީ ބޭންކް އަދި ބޭންކް އޮފް މޯލްޑިވްސްގެ ހިއްސާއެއް ވާނެ ކަމަށް ގަބޫލުކުރެވެއެވެ. އެހެން ނަމަވެސް މިހާތަނަށް އައިއިރު ވެސް އެ ދެ ބެންކްއިން މި ހިޔާނާތުގައި އަދާކޮށްފައިވާ ދައުރުގެ މާބޮޑު ތަފްސީލެއް އާންމުކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *