ކިރްގިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބާތިލްކޮށްފިއެވެ. މި އިންތިހާބުގެ ނަތީޖާ ބާތިލްކޮށްފައިވަނީ ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނެ އެތައް ހާސް ބަޔަކު މުޒާހަރާކުރަމުން ދަނިކޮށެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ނަތީޖާ ބާތިލްކޮށްފައިވަނީ ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކަމަށެވެ. 

ރޭގެ ވަގުތެއްގައި އިދިކޮޅު ސަޕޯޓަރުން ވަނީ ސަރުކާރުގެ އޮފީސްތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް އައު އިންތިހާބެއް ބޭއްވުމަށް ގޮވާލާފައެވެ. މި ހަމަނުޖެހުންތަކުގައި އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާއިރު އެކަކު ވަނީ މަރުވެފައެވެ. މިހާރު ރައީސް ކަމުގެ މަގާމުގައި ހުންނެވި ސޮރޮންބޭ ޖީންބަކޯވް އަކީ ރަޝިއާއަށް ތާއިދު ކުރައްވާ ބޭފުޅެއް ކަމަށްވާއިރު އެމަނިކުފާނުގެ އިސްތިއުފާއަށް ވެސް މުޒާހަރާކުރާ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ. 

މި މުޒާހަރާތަކުގައި ވަނީ ހައްޔަރުގައި ހުންނެވި ކުރީގެ ރައީސް އަލްމަޒްބެކް އަތަމްބަޔޭވް ވެސް މިނިވަންކޮށްފައެވެ. ކޮރަޕްޝަންގެ ދައުވާ އުފުލައި އޭނާ 11 އަހަރާއި ދެ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ.  

މިދިޔަ ހަފްތާ ބަންދުގައި ބޭއްވި އިންތިހާބުގައި ވޯޓު ގަތުމާއި މަކަރު ހެދިކަމުގެ ތުހުމަތުތަކެއް ވެރިކަން ކުރަމުން އަންނަ ޕާޓީގެ މައްޗަށް ވަނީ ކުރެވިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *